ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
Accounts Officer

މަޤާމް:                    އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:            J-128082

ބޭނުންވާ އަދަދު:              01

މަޤާމުގެ ގިންތި:              ދާއިމީ

މަގާމުގެ ރޭންކް:                 އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:                 ބަޖެޓް އެންޑް ފައިނޭންސް

މަޤާމް އޮތް އޮފީސް:                 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:            މާލެ، ދިވެހިރާއްޖެ

މުސާރަ:                   5610.00

ސަރވިސް އެލެވަންސް:          2000.00

އިތުރު ޢިނާޔަތްތައް:                  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި            1. ލަފާކުރާ ބަޖެޓް ހެދުމުގެ އެންމެހައި މަސައްކަތްތައް ޒިންމާދާރު ގޮތުގައި ކުރުން.

ވާޖިބުތައް:                  2. ޕޭމަންޓް ވައުޗަރތަކާއި ބަޖެޓް ސެކްޝަންގެ ހުރިހާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޒިންމާދާރު ގޮތުގައި ތައްޔާރުކޮށް ލިޔެކިޔުންތަކުގެ ސްޓޭޓަސް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

3. ބަޖެޓްގެ ޚަރަދު ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޒިންމާދާރު ގޮތުގައި ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ކަނޑައެޅިފައިވާ ވަގުތަށް ފޮނުވުން.

4. މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ޒިންމާދާރު ގޮތުގައި ކުރުން.

5. ޕެޓީކޭޝް ގެ އެންމެހައި މަސައްކަތްތައް ޒިންމާދާރު ކަމާއިއެކު ކުރުން.

6. އޮފީސް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކުރުން.

 

 

 

 

މަޤާމުގެ ޝަރުޠުތައް:          

1. އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2. އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ

3. އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މެނޭޖްމެންޓް ދާއިރާއިން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު         - އެކައުންޓްސް އޮފިސަރގެ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި އެކައުންޓްސް ދާއިރާ އާއި ގުޅުންހުރި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

 

ހުށަހަޅަންޖެހޭ ލިޔުންތައް:        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:         ވަޒީފާއަށް އެދޭ ފޯމު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ nca.gov.mv/downloads  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮކްޓޯބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:      މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 އޮކްޓޯބަރ 2017  އާއި 19 އޮކްޓޯބަރ 2017 އާ ދެމެދު، ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:                 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް               30% (ތިރީސް ޕަސެންޓް)

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:

 

އިތުރު މަޢުލޫމާތު ހޯދުން:              މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3310729 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3316955 އެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

25 ސެޕްޓެންބަރު 2017
ހޯދާ