މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އެވޯޑް 2017

 

އިޢުލާން

                                            

ޒުވާނުންގެ އިނާމް 2017

          

     އެހެން އަހަރުތަކެކޭވެސް އެއްފަދައިން، 17 ނޮވެންބަރު 2017ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ޒުވާނުންގެ އިނާމްގެގޮތުގައި

ދިނުމަށް ހަމަޖެހިފައިވަނީ 10 ދާއިރާއަކުންނެވެ.  އަދި މީގެ އިތުރުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. 

އަދި މި އިނާމަކީޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއްހުރި ބަޔަކަށް ހެދުމަށް

ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. ޒުވާނުންގެ އިނާމް ލިބޭފަރާތްތަކަށް، ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް އަދި -/25،000ރ (ފަންސަވީސްހާސް ރުފިޔާ)ގެ

ފައިސާގެ އިނާމް ހިމެނެއެވެ.   

     ވީމާ، "ޒުވާނުންގެ އިނާމް" އަށް ނަން ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 22 އޮކްޓޯބަރ 2017ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މި މިނިސްޓްރީގެ ކައުންޓަރަށް

(ވެލާނާގެ 3ވަނަ ފަންގިފިލާއަށް) އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] މެއިލްކޮށްދެއްވުމަށްވެސް ދެންނެވީމެވެ. 

އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:30 ން މެންދުރުފަހު 13:00 އަށެވެ.  ރަށްރަށުން އެޕްލިކޭޝަންތައް ހުށަހަޅުއްވާ ފަރާތްތަކުން ރަށު ކައުންސިލް

މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.  ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަންފޯމް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މިނިސްޓްރީގެ

ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

      މި އިނާމްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 25 ސެޕްޓެންބަރު 2017ވަނަ ދުވަހުން ފެށިގެން ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ.

                              04 މުޙައްރަމް   1439 

24 ސެޕްޓެންބަރު 2017
ހޯދާ