ދިވެހިރާއްޖެ
މިއިދާރާގެ ފަރާތުން ބަލަހައްޓަމުން ގެންދާ 02 އިމާރާތް ކަމަށްވާ ކުރީގެ ޕްރީ ސްކޫލް އަދި " ފޮނގަހިޔާ " ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަމްބަރ(IUL)296/296/2017/57އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށައަޅުއްވާފައި ނުވާތީ އެޢިލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ،
މައުލޫމާތު ސާފުކުރުން އޮންނާނީ 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 01 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ކައުންސިލް އިދާރާއަށެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ވިޔަފާރީގެ ޤާނޫނުގެ ( 18/2014) ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (19/2014) ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
29 ޛުލްޙިއްޖާ 1438
20 ސެޕްޓްޓެމްބަރ 2017