މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލިފުށި އުތުރުފާރާތު ބަނދަރުގައި މޮނިއުމަންޓް އެއް ބެހެއްޓުމަށް ޓަކައި މޮނިއުމަންޓްއެއް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން
ނަންބަރު:(IUL)298/2017/48
އިޢުލާން
އަލިފުށި އުތުރުފާރާތު ބަނދަރުގައި މޮނިއުމަންޓް އެއް ބެހެއްޓުމަށްޓަކައި މޮނިއުމަންޓްއެއް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން
ރ.އަލިފުށި ކައުންސިލްގެ އިދާރާއިން އަލިފުށިގެ އުތުރުފަރާތު ބަނދަރުގައި ބެހެއްޓުމަށް ބޭނުންވާ މޮނިއުމަންޓް ޑިޒައިންކުރުމުގެ ފުރުޞަތު އަލިފުށިގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިފީމެވެ.
މޮނިއުމަންޓްއިން ރަމްޒުކޮށްދޭން ޖެހޭމައިގަނޑު ކަންތައްތައް:
- އިސްލާމްދީނާއި އިޖްތިމާއީ ގުޅުން
- އަލިފުށިގައި ކާބަފައިން ކުރަމުންއައި ކިއްސަރުވަޑާމާއި، މަސައްކަތްތެރިކަމާއި ގުޅުންހުރުން
- ދަނޑުވެރިކަމާއި ގުޅުންހުރުން
- ކުޅިވަރާއި މުނިފޫހިފުލުވުން
ހުށަހާޅާ ޑިޒައިންތައް ކުލަކޮށް އަލިފުށި ކައުންސިލްގެ އިދާރާގެ [email protected] އީމެއިލްއަށް ނުވަތަ އަލިފުށި ކައުންސިލްގެ އިދާރާއަށް 2017 ސެޕްޓެމްބަރ 28ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު އޮތްނާނެއެވެ.
އަލިފުށި ކައުންސިލްގެ އިދާރާއަށް ހުށަހަޅާ ޑިޒައިންތަކުން ހޮވޭ 1ވަނަ ޑިޒައިން ހުށަހެޅި ފަރާތައް އަލިފުށި ކައުންސިލްގެ އިދާރާއިން ހަދާނީލިޔުމެއް ދޭވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
24 ސެޕްޓެމްބަރ 2017
24 ސެޕްޓެންބަރު 2017
ހޯދާ