ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ Secretariat of the Himandhoo Council North Ariatholhu
އއ.ހިމަންދޫ، ދިވެހިރާއްޖެ AA. Himandhoo, Republic Of Maldives
ނަންބަރ:(IUL)346/346/2017/22
އިޢުލާން
ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމާއި ގުޅޭ:
މިރަށު ފުޓްބޯޅަދަނޑު ތަރައްޤީކުރުމުގެ ގޮތުން ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 އޮކްޓޯބަރ 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 12 އޮކްޓޯބަރ 2017ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.
19 ސެޕްޓެމްބަރ 2017ހ.
28 ޛުލްޙިއްޖާ 1438ހ.
|
"ޞުލްޙަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް"
|
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ Secretariat of the Himandhoo Council North Ariatholhu
އއ.ހިމަންދޫ، ދިވެހިރާއްޖެ AA. Himandhoo, Republic Of Maldives
