ދިވެހިރާއްޖެ
a
މާޅޮސް މަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ބ ފެހެންދޫ/ ދިވެހިރާއްޖެ
Secretariat of the Fehendhoo council South maalhosmadulu
Baa.Fehendhoo, Rep.of Maldives
ނަމްބަރު: IUL)324/324/2017/34)
އިޢުލާން
ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ. ފެހެންދޫގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ،މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03އޮކްޓޫބަރ2017 ވާ އަންގާރަދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮކްޓޫބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި "ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ. ފެހެންދޫގައި ޤާއިމްކުރެވޭ ބަށިކޯޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.