މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގއ. ވިލިގިލީގެ އަލަށްއާބާދުވެފައިވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ ސާރވޭ އަދި ޑިޒައިން މަސައްކަތާއި ބެހޭ

ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އިތުރުކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ 06 ސެޕްޓެމްބަރު 2017 ގައި ކުރި އިޢުލާން ނަންބަރު: IUL)438-WS/438/2017/188) އާއި ހަވާލާދީ ދަންނަވަމެވެ. ބިޑް ރެޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތު 26 ސެޕްޓެމްބަރު 2017 ވަނަ ދުވަހުގެ 10:00 އަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

"ޕްރޮޕޯސަލް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފާރަތްތަކުގެ ހާޒިރުގައި 26 ސެޕްޓެމްބަރ 2017 ވަނަދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ޕޯނު: 9603018341+

އީމެއިލް: [email protected]

"ޕްރޮޕޯސަލް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އިންނަންވާނެއެވެ.

 

20 ސެޕްޓެންބަރު 2017
ހޯދާ