މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޤައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް ހުޅުވާލުން

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ތިރީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް ޖަމްއިއްޔާތަކުން ދެންނެވިފައިވާ މުއްދަތުތަކުގައި ބައިވެރިވާ ސިޓީއާއި ޓީމް ލިސްޓް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގެ ނަން

މުބާރާތުގެ ތާރީޚް

ބައިވެރިވުމުގެ ފަހު ތާރީޚް

ޓީމްލިސްޓްގެ ފަހު ތާރީޚް

12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 2 ވަނަ ޑިވިޝަން)

10 ން 30 އޮކްޓޯބަރ 2017

28 ސެޕްޓެމްބަރ 2017

1 އޮކްޓޯބަރ 2017

12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން ޑިވިޝަން)

1 ން 11 ނޮވެމްބަރ 2017

12 އޮކްޓޯބަރ 2017

19 އޮކްޓޯބަރ 2017

12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން)

1 ން 11 ނޮވެމްބަރ 2017

12 އޮކްޓޯބަރ 2017

19 އޮކްޓޯބަރ 2017

36 ވަނަ ޤައުމީ ބާސްކެޓްބޯޅަ  މުބާރާތް (އަންހެން ޑިވިޝަން)

13 ން 17 ނޮވެމްބަރ 2017

12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން ޑިވިޝަން) ގަދަ 4 ޓީމް

ޓީމް ލިސްޓް އަށް ބަދަލެއް ނުގެނެވޭނެއެވެ.

36 ވަނަ ޤައުމީ ބާސްކެޓްބޯޅަ  މުބާރާތް (ފިރިހެން 1 ވަނަ ޑިވިޝަން)

13 ން 17 ނޮވެމްބަރ 2017

12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން) ގަދަ 4 ޓީމް

ޓީމް ލިސްޓް އަށް ބަދަލެއް ނުގެނެވޭނެއެވެ.

ނޯޓް:

-  12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން ޑިވިޝަން) އަދި 12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން) ގައި ހިމަނާ ބިދޭސީ ކުޅުންތެރިން ހިމެނުމުގެ އެންމެ ފަހު ތާރީޚަކީ 25 އޮކްޓޯބަރ 2017 އެވެ.

-  ކުރިއެކޭވެސް އެއްފަދައިން މަތީގައި ދެންނެވިފައިވާ ޓިމްލިސްޓް ހުށަހަޅާ ތާރީޚްތަކުގެ ފަހުން ޓީމް ލިސްޓައް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.

-  12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 2 ވަނަ ޑިވިޝަން) ގައި ބައިވެރިވާ ކްލަބަކަށް 12 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން) ގައި ބައިވެރުވުމުގެ ފުރުސަތެއް ނޯންނާނެއެވެ.

18 ސެޕްޓެންބަރު 2017
ހޯދާ