ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ ކުރިއޭޓިވްސް އާޓްސް ކީ ސްޓޭޖް 1،2 (ގްރޭޑް 1 ން 6) ގެ މިއުޒިކް އަދި ޑްރާމާ، މި ދެ ސްޓްރޭންޑަށް ޤައުމީ މިންގަނޑުތަކެއް (ނޭސަނަލް ސުޓޭންޑަރޑުސް) އެކުލަވާލުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/291) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލަން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް (ވެލާނާގޭ 09 ވަނަފަންގިފިލާ) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
2017 ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ 14:00 ށް |
2017 ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ 14:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.
