ދިވެހިރާއްޖެ
އިޢުލާން
ދިރިއުޅުމަށްޓަކައި ކ. ކާށިދޫއިން ގޯތި ދޫކުރުން.
ދިރިއުޅުމަށްޓަކައި މިރަށުން (ކ. ކާށިދޫއިން)، މިއިޢުލާނާ އެކުގައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް މިއަހަރު ގޯތި ދޫކުރުމަށް މިކައުންސިލުން ކަނޑައަޅައިފީމެވެ. މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ (60x50 ފޫޓްގެ) 175 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ 4 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
- ކާށިދޫގެ ރަށްވެހިން (މިކެޓަގަރީއަށް ދޫކުރެވޭނީ 135 ގޯއްޗެވެ.)
- އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން ކާށިދޫގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުން (މިކެޓަގަރީއަށް ދޫކުރެވޭނީ 20 ގޯއްޗެވެ.)
- ކާށިދޫއަށް ހިޖުރަކޮށްގެން، ރަށްވެހި ނުވެ ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން (މިކެޓަގަރީއަށް ދޫކުރެވޭނީ 15 ގޯއްޗެވެ.)
- ނުކުޅެދުންތެރިކަން ހުންނަ މީހުން (މިކެޓަގަރީއަށް ފޯމު ހުށަހެޅޭނީ ހަމައެކަނި ކާށިދޫގެ ރަށްވެހިންނަށެވެ. މިކެޓަގަރީއަށް ދޫކުރެވޭނީ 5 ގޯއްޗެވެ.)
ވީމާ ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ، މިދަންނަނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، މި އިދާރާއިން ދޫކުރާ ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު 10 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯތި ލިބުމަށް އެދި ހުށަހަޅާ ފޯމު ދޫކުރާނީ މާދަމާއިން ފެށިގެން 05 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މިއިދާރާއިންނެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ކާށިދޫއިން ގޯތި ލިބޭ މީހުންގައި ހުންނަންޖެހޭ ޝަރުޠުތައް
1- ދިވެހިރައްޔިތެއް ކަމުގައިވުން.
2- ޢުމުރުން 21 އަހަރުފުރި 65 އަހަރު ނުފުރޭ މީހަކަށްވުން.
3- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި އޮތް މީހެއް ކަމުގައި ނުވުން.
4- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި އޮތް މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކު ކަމުގައި ނުވުން.
5- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ނުވަތަ ލިބިފައިވާ މިފަދަބައެއް ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން ދޫކޮށްލުން.
6- ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާދީފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ވިއްކާލާފައި ނުވުން.
7- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލާފައި ނުވުން.
8- ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓް ހަމަވާ ނުވަތަ އެއަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލާފައިވާ މީހަކާ ކައިވެނިކޮށްގެން އުޅޭ މީހެއްކަމުގައި ނުވުން.
ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް
1 |
ކާށިދޫގެ ރަށްވެހިން |
||
|
ހ. |
މީހަކާ އިނދެގެން ހުރި ޢުމުރުން 21 އަހަރު ފުރި 40 އަހަރު ނުފުރޭމީހެއް ނަމަ |
35 ޕޮއިންޓް |
|
ށ. |
މީހަކާ އިނދެގެން ހުރި ޢުމުރުން 40 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
40 ޕޮއިންޓް |
|
ނ. |
ކައިވެންޏެއްގެ މަތީގައި ނެތް ޢުމުރުން 21 އަހަރު ފުރި 40 އަހަރު ނުފުރޭ މީހެއް ނަމަ |
30 ޕޮއިންޓް |
|
ރ. |
ކައިވެންޏެއްގެ މަތީގައި ނެތް ޢުމުރުން 40 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
35 ޕޮއިންޓް |
2 |
އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން ކާށިދޫގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުން |
||
|
ހ. |
މީހަކާ އިނދެގެން ހުރި ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
30 ޕޮއިންޓް |
|
ށ. |
ކައިވެންޏެއްގެ މަތީގައި ނެތް ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
25 ޕޮއިންޓް |
3 |
ނުކުޅެދުންތެރިކަން ހުންނަ މީހުން |
||
|
ހ. |
މީހަކާ އިނދެގެން ހުރި ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
30 ޕޮއިންޓް |
|
ށ. |
ކައިވެންޏެއްގެ މަތީގައި ނެތް ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
25 ޕޮއިންޓް |
4 |
ރަށްވެހިނުވެ ކާށިދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން |
||
|
ހ. |
މީހަކާ އިނދެގެން ހުރި ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
30 ޕޮއިންޓް |
|
ށ. |
ކައިވެންޏެއްގެ މަތީގައި ނެތް ޢުމުރުން 21 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއް ނަމަ |
25 ޕޮއިންޓް |
|
ނ. |
ދިރިއުޅުގެ ގޮތުން ކާށިދޫގައި ހޭދަކޮށްފައިވާ އަހަރަކަށް 3 ޕޮއިންޓް (ގިނަވެގެން 10 އަހަރަށް) |
30 ޕޮއިންޓް |
5 |
ގޯއްޗަށް އެދޭ ފަރާތުގެ ދަރިންނަށްބަލައި ޕޮއިންޓް ދެވޭނެ ގޮތް |
||
|
ހ. |
21 އަހަރުން ދަށުގެ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް (މިބަޔަށް ޕޮއިންޓް ދެވޭނީ ގިނަވެގެން 5 ކުދިންނަށް، ޖުމްލަ 25 ޕޮއިންޓް) |
25 ޕޮއިންޓް |
|
ށ. |
ދާއިމީ ނުކުޅެދުންތެރިކަމެއް ހުންނަ 21 އަހަރުން ދަށުގެ ކުދިން ތިބި ނަމަ ކޮންމެ ކުއްޖަކަށް 4 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 2 ކުދިންނަށް ޖުމްލަ 08 ޕޮއިންޓެވެ. މިބަޔަށް ދެވޭ ޕޮއިންޓަކީ މި ނަމްބަރގެ ހ. އަށް ދެވޭ ޕޮއިންޓްގެ އިތުރުން ދެވޭ ޕޮއިންޓެކެވެ.) |
8 ޕޮއިންޓް |
އިތުރު މަޢުލޫމާތު
1- ކައިވެނި ރޫޅިފައިވާ ކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާންކުރުމުގެ ކުރިން ދެމަފިރިންގެ ކައިވެނި ރޫޅި، ވަރި ސާބިތުކޮށްފައިވާ ނަމަ ނުވަތަ ވަރި ސާބިތުކުރުމަށްޓަކައި ކޯޓަށް ހުށަހަޅާފައިވާ ނަމައެވެ.
2- ޢުމުރުގެ ބައި ބަލާނީ ފޯމު ހުށަހަޅާ މީލާދީ ތާރީޚަށެވެ.
3- ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތަށް ނުވަތަ ޙާލަތަށް އައިސްފައިވާ އުނިއިތުރު ބަލާނީ ފޯމު ހުށަހަޅާ މީލާދީ ތާރީޚަށެވެ.
4- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީން ގޯތި ދޭނެ ފަރާތްތައް ކަނޑައަޅާނީ ގޯއްޗަށް އެދޭ މީހާގެ ނަފްސާނީ އަދި ޖިސްމާނީ ޤާބިލްކަމަށް ބެލުމަށްފަހު ގޯތި ދިނުމުގެ މަސައްކަތަށް އެކުލަވާލެވިފައިވާ ކޮމިޓީންނެވެ.މި ކެޓަގަރީން ގޯތި ދިނުމުގެ ބޭނުމަށް ތެލެސީމިއާ ބަލި ހުންނަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރަތްތައް ކަމުގައި ބެލޭނެއެވެ.
5- ނުކުޅެދުންތެރިކަން ހުންނަ 21 އަހަރުން ދަށުގެ ކުދިންނަށް ޕޮއިންޓް ދިނުމުގެ ބޭނުމަށް ތެލެސީމިއާ ބަލި ހުންނަ ކުދިންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމުގައި ބެލޭނެއެވެ.
ގޯތި ލިބޭގޮތް:
1- ގޯތި ލިބެންޖެހޭ މީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ އިތުރަށް، އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.
2- ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ، ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓްގެ ގޮތުން ދެމީހުން އެއްވަރުވެއްޖެނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ދެމަފިރިންގެ ދެމެދުގައި ގުރުއަތު ލައިގެންނެވެ.
3- ގޯތި ލިބޭނެފަރާތްތައް ކަނޑައަޅާނީ 25 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން ހަމަޖެހިފައިވާ އުޞޫލުންނެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 ޛުލްޙިއްޖާ 1438
19 ސެޕްޓެމްބަރ 2017