ދިވެހިރާއްޖެ
ނަންބަރު:(IUL)298/2017/45
އިޢުލާން
އަލިފުށި ކައުންސިލްގެ އިދާރާގެ "ޤުރުއާން އޮޑިޝަން 2017" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރ.އަތޮޅު ޤުރުއާން މުބާރާތުގައި އަލިފުށިން ވާދަކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ އަލިފުށި ކައުންސިލް އިދާރާގެ "ޤުރުއާން އޮޑިޝަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މުބާރާތުގެ ބައިތައް:
1- ފޮތުން ކިޔެވުމުގެ ބައި
2- ހިތުން ކިޔެވުމުގެ ބައި
ގޮފިތައް ބެހިފައިވާ ގޮތް:
ފޮތުން ކިޔެވުމުގެ ބައި |
ހިތުން ކިޔެވުމުގެ ބައި |
ވިދިވިދިގެން 10ފޮތް ތަޖްވީދު ހަމަތަކުގެ މަތިން |
ވިދިވިދިގެން 05ފޮތް ތަޖްވީދު ހަމަތަކުގެ މަތިން |
ވިދިވިދިގެން 20ފޮތް ތަޖްވީދު ހަމަތަކުގެ މަތިން |
ވިދިވިދިގެން 10ފޮތް ތަޖްވީދު ހަމަތަކުގެ މަތިން |
މުޅި ޤުރުއާން ތަޖްވީދު ހަމަތަކުގެ މަތިން |
ވިދިވިދިގެން 20ފޮތް ތަޖްވީދު ހަމަތަކުގެ މަތިން |
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ރަސްމީ ގަޑީގައި ލިބެން ހުންނާނެ ވަހަކަ ދެންނެވީމެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2017 ސެޕްޓެމްބަރ 28ވާ ބްރާސްފަތި ދުވަހުގެ މެންދުރު 13:00ގެ ކުރިންކަމުގައި ދެންނެވީމެވެ
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
19 ސެޕްޓެމްބަރ 2017