ދިވެހިރާއްޖެ
އިޢުލާން
ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީއާ ގުޅޭ ޓިއުޓޯރިޔަލް ވީޑިޔޯތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2017/281) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިން ފަރާތް ކޮލިފައިވެފައި ނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރު 25 ވަނަ ދުވަހު 10:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިމަސައްކަތާއި ގުޅޭ މަޢުލޫމާތު އެޓޭޗްކުރެވިފައިއެވަނީއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected] ށެވެ.
