މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

ނަމްބަރ:IUL)297/INDIV/2017/55)

 

އިޢުލާން

 

އަންދާސީހިސާބު ބޭނުންވެއްޖެ

 

މިއިދާރާގެ ނަމްބަރު IUL)297/INDIV/2017/34) 13 ޖުލައި 2017 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން މިއިދާރާގެ ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންވަނީ ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިއިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން ވެބްސައިޓް ފަރުމާކުރުމާއި ޑިވެލޮޕް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

2017 ސެޕްޓެމްބަރ 25  ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ކެނޑުން

2017 އޮކްޓޯބަރ 2 ވާ ހޯމަ ދުވަހުގެ 10:30 ގައި

 

މިކަމަށް  އެދިހުށައަޅާ ފަރާތްތަކުގެތެރެއިން ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްވާނަމަ އެސްޓިމޭޓްއާއި އެކު ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ކޮޕީ ނުވަތަ ޓިން ނަންބަރ ހުށައެޅުއްވުންއެދެމެވެ. އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވެމެވެ، ބިޑް ހުށަހަޅާއިރު ބިޑާއިއެކު ކުރިން ފަރުމާ ކުރައްވާފައިވާ ވެބްސައިޓްތަކުގެ ޕޯރޓްފޯލިއޯ ހުށަނާޅުއްވާ ފަރާތްތަކުގެ ބިޑް ގަބޫލުނުކުރުވެނޭވަހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ހުށަހެޅުމަށް މާކްސް ދޭ ކްރައިޓީރިއާ

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާރކްސް
  • މާރކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާރކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މި ބައިގަމާރކްސްދެވޭނީ ވެބްސައިޓް ފަރުމާކޮށްދެވޭނެ އެންމެ ކުޑަމުއްދަތެއް ހުށަހަޅާފައިވާ ފަރާތްތަކަށާއި އެންމެ ދިގު މުއްދަތެއް ވެބްސައިޓް ޑިވެލޮޕްކުރުމަށް ހުށަހަޅާ ފަރާތްތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

28 ޛުލްޙިއްޖާ 1438

19 ސެޕްޓެމްބަރ 2017

19 ސެޕްޓެންބަރު 2017
ހޯދާ