މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވާރލްޑްބޭންކުގެ އެހީގައި ކުރިއަށް ގެންދާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްއަށް "ކުވިކް ބުކްސް (ޕްރިމިއަރ 2017) ސޮފްޓްވެއަރ، 5 ޔޫޒަރ ލައިސަންސްސާއި އެކު ސަޕްލައިކޮށް ދޭނޭ ފަރާތެއް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ވާރލްޑްބޭންކުގެ އެހީގައި ކުރިއަށް ގެންދާ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްއަށް "ކުވިކް ބުކްސް (ޕްރިމިއަރ 2017) ސޮފްޓްވެއަރ، 5 ޔޫޒަރ ލައިސަންސްސާއި އެކު ސަޕްލައިކޮށް ދޭނޭ ފަރާތެއް ބޭނުންވެއެވެ. އަދި މީގެ އިތުރުން ކުވިކް ބުކްސް ޕްރިމިއަރ ބޭނުން ކުރުމަށް 5 މުވައްޒަފުން ތަމްރީންކޮށް ދިނުން ހިމެނޭގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. 

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ށ. ހުށަހަޅާ ފަރާތާއިބެހޭ ޕްރޮފައިލް އަދި  މިފަދަ މަސައްކަތުގެ ތަޖުރިބާ އާއި ޚިދުމަތް ފޯރުކޮށްދެވިފައިވާ ފަރާތްތަކުގެ މަޢްލޫމާތު  

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ އަދި ޓެކްސް ކްލިއަރެންސްހުށަހަޅަންވާނެވެ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ނުޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރަން ނުޖެހޭކަން ބަޔާންކޮށް މީރާއިން ދޫކުރާ ލިޔުން ހުށަހަޅަންވާނެއެވެ.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭގޮތަށެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • މުއްދަތަށް  15 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 15 )
  • ތަޖުރިބާއަށް 15 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26  ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތީރިގައި މިދަންނަވާ ގޮތައް އެޑްރެސްކޮށްފައި

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 ނުވަތަ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

19 ސެޕްޓެންބަރު 2017
ހޯދާ