ދިވެހިރާއްޖެ
ނަންބަރު: IUL32-A2-PR/1/2017/75
އިޢްލާން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2000 (ދެހާސް) ފޮތް ޗާޕް ކުރުން
މި އޮފީހުގެ ނަންބަރު: IUL32-A4-PR/1/2017/64 (31 ޖުލައި 2017) އިޢުލާނު ބާޠިލްކޮށް، މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2000 (ދެހާސް) ފޮތް ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ސެޕްޓެމްބަރު 25 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލުމާތު ސާފުކުރެއްވުމަށްފަހު 2017 އޮކްޓޫބަރު 01 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަށް ކަމުގައި ދަންނަވަމެވެ.
27 މުޙައްރަމް 1438
18 ސެޕްޓެމްބަރ 2017