ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MMS-A/2017/25
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޫޑިއޯ އަޕްގްރޭޑްކޮށް، އިކުއިޕްމަންޓްތައް އިންސްޓޯލް ކުރުމާއި ގުޅޭ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، މިސަރވިސްގެ ވެދަރ ސްޓޫޑިއޯ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއި ބެހޭ މަޢުލޫމާތު ހަރުދަނާ ކުރުމުގެ ގޮތުން، މިސަރވިސްގެ ވެދަރ ސްޓޫޑިއޯއަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް 2017 ޖުލައި 19 ވަނަ ދުވަހު ކުރެވުނު އިޢުލާނު ނަންބަރު MMS-A/2017/22 ގެ މަޢުލޫމާތު ޝީޓު އިސްލާހު ކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ސެޕްޓެމްބަރު 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން
03 އޮކްޓޯބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ ހުރިހާ ކަންކަން މިއިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، ތިރީގައިމިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.
ލިންކް: http://meteorology.gov.mv/uploads/TOR-Supply&delivery_the_equipments_to_upgrade_the_studio_of_MMS.pdf
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރަގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
18 ސެޕްޓެމްބަރު 2017