ދިވެހިރާއްޖެ
މިސްކޫލުގެ ޕްރީސްކޫލް ދަރިވަރުން ކުޅެން ހަދަންބޭނުންވާ ޕާކް ސަރަހައްދަށް އެޅުމަށް
2000 (ދެހާސް) ބަސްތާ ދޮންވެލި ނެގުމަށް ކުރެވުނު އިއުލާން ނަމްބަރ GS-205/IUL/2017/24 ގައި އަންދާސީ
ހިސާބް ހުށަހަޅަންޖެހޭ ތާރީހް ނުބައިކޮށް ލިޔެވިފައި އޮތުމުގެ ސަބަބުން އެއިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ސެޕްޓެންބަރ 2017
ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 09 އޮކްޓޯބަރ
2017 ވާ ހޯމަ ދުވަހު ހެދުނު 10:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް
ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު
ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަން ތަކާއި ކަނޑައެޅިފައިވާ
ވަގުތުގެ ފަހުން ހުށަހަޅާ ކޯޓޭޝަން ބާތިލް ކުރެވޭނެކަމުގައި ދަންނަވަމެވެ.