ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. ކަމަދޫ ޞިއްޙީމަރުކަޒު ވަށާފާރު ރޭނުމާއިގުޅޭ

                                 

 

ބ.އަތޮޅު ހޮސްޕިޓަލް ، އޭދަފުށި / ދިވެހިރާއްޖެ

Baa Atoll Hospital  Eydhafushi/Rep of Maldives

 

 

                                                                      ނަމްބަރު : BAH/2017/10

 

                                            އިޢުލާން  

 

ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމާއިގުޅޭ

 

                       މިހޮސްޕިޓަލުގެ ނަމްބަރު : BAH/2017/04   އިއުލާނުގައި ދެންނެވިފައިވާ ބ. ކަމަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމަށް އެދި ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވަނީ 2 ފަރާތަކުން ކަމުގައިވާތީވެ  އެއިޢުލާނު ބާތިލްކޮށް ، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                 ވީމާ ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2017 ދުވަހު  10.30  އަށް  ބ. ކަމަދޫ ޞިއްޙިމަރުކަޒަށް ނުވަތަ  ބ. އަތޮޅުހޮސްޕިޓަލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޯބަރ 2017 އަންގާރަ ދުވަހުގެ 10.30 އަށް ބ. ކަމަދޫ ޞިއްޙީމަރުކަޒަށް ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                 މައުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެވާހަކަ ދެންނެވީމެވެ.      

 

 

 

 

 

 

 

 

17 ސެޕްޓެންބަރު 2017
ހޯދާ