މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރުގެ ފިހާރަތައް ކުއްޔަށް ދޫކުރުން

މާލޭ ނޯތު ހާބަރުގެ ފިހާރަތައް ސިޓީލާ ބީލަމުގައި ކުއްޔަށް ދޫކުރުން

1.   ދަޢުވަތު

އެމްޕީއެލް އިން މާލޭ ނޯތު ހާބަރ ސަރަޙައްދުގެ ތެރޭގައި ހަދާފައިވާ ހަތަރު ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ދިވެހި ކުންފުނިތަކަށާއި އަމިއްލަ ފަރުދުންނަށް ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ހަތަރު ފިހާރަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމުގައެވެ.

2. ކުއްޔަށް ދޭ ފިހާރަތަކުގެ ތަފުސީލު

އެމްޕީއެލް އިން މާލެ ނޯތު ހާބަރުގައި ކުއްޔަށް ދިނުމަށް ހަދާފައިވާ ފިހާރަތަކުގެ މަޢުލޫމާތު މިދަންނަވަނީއެވެ.

ފިހާރައިގެ އަދަދު

04 (ހަތަރެއް)

ފިހާރަ ނަންބަރު

ޝޮޕް ނަންބަރު 1، ޝޮޕް ނަންބަރު 2، ޝޮޕް ނަންބަރު 3 އަދި ޝޮޕް ނަންބަރު 4

ތަނުގެ ބޮޑުމިން

475 އަކަފޫޓު (ކޮންމެ ފިހާރައެއްގައި)

މިންތައް

25 ފޫޓު ދިގު 19 ފޫޓު ފުޅާ (ކޮންމެ ފިހާރައެއްގައި)

ކަރަންޓް

ކޮންމެ ފިހާރައަކަށް ވަކި މީޓަރަކުން ކަރަންޓް ލިބޭ ގޮތަށް

ފަރނީޗަރ

އެއްވެސް ފަރނީޗަރަކާ ނުލައި

3. ބީލަމުގެ ތަފުސީލު

ހ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމްޕީއެލްގައި ކޮންމެ ފިހާރައަކަށް -/10,000 ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓައިގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތުން ރަޖިސްޓަރީ ކުރުމަށްޓަކައި އަންނަނިވި މަޢުލޫމާތު އެމްޕީއެލްގެ ފައިނޭންސް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.

  • އަމިއްލަ ފަރުދުންނަމަ އައިޑީ ކާޑުގެ ކޮޕީ
  • ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި ބީލަމުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު

ށ.  ބީލަން ފެށޭ ކުއްޔަކީ ކޮންމެ ފިހާރައަކަށް މަހަކު -/30,000 ރުފިޔާއެވެ.

ނ.  ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީ ކުއްޔަށް އިތުރު ކުރެވޭނީ ފަހަރަކު މަދުވެގެން -/3,000 ރުފިޔާއެވެ.

ރ. ކޮންމެ ދުވަހެއްގެ މެންދުރު 12:00 އާ ހަމަޔަށް ހުށަހެޅިފައި އޮންނަ އެންމެ މަތީ ކުއްޔެއް އެދުވަހުގެ 13:30 ގައި އެމްޕީއެލްގެ ނޯޓިސްބޯޑުގައި އިޢުލާންކޮށް އެމްޕީއެލްގެ ވެބްސައިޓް www.port.com.mv ގައި ޝާއިޢު ކުރެވޭނެއެވެ.

ބ. ބީލަމުގެ ކުލި އެކަށީގެންވާ އަދަދަކަށް އެރުމަށްފަހު (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) 72 ގަޑިއިރު ވަންދެން އެއް ކުއްޔެއް އޮވެއްޖެނަމަ، އެ ކުލި ހުށަހެޅި ފަރާތްތަކަށް ބީލަން ނިންމާލެވޭނެއެވެ.

ޅ. ދެފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރުވެއްޖެނަމަ އެފަރާތްތަކަށް އެކަން އަންގައި ކުލި ބަދަލުކޮށް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ކ. ބީލަން ކާމިޔާބުވާ ފަރާތަށް ފިހާރަ ކުއްޔަށްދެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.

4.  ކުލި ހުށަހެޅުން

ހ. ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.

ށ. ކޮންމެ ފިހާރައަކަށް ހުށަހަޅަންވާނީ ވަކި ބީލަމެކެވެ. ބީލަން ހުށަހަޅާއިރު ހުށަހަޅާ ފިހާރައެއްގެ ނަންބަރު އެނގޭ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ކުލި ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އެމްޕީއެލްގެ ކައުންޓަރުގައި ބެހެއްޓިފައިވާ ފޮށްޓަށެވެ. ސިޓީއުރައިގެ ބޭރުގައި "ބީލަމުގައި ބައިވެރިވުމަށް އެދި" ލިޔެފައި އޮންނަންވާނެއެވެ. ކުލި ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް
  2. އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑުގެ ނަންބަރު/ ކުންފުންޏެއްނަމަ ރަޖިސްޓަރީ ނަންބަރު
  3. ގުޅޭނެ ފޯނު ނަންބަރު
  4. ހުށަހަޅާ ކުލި
  5. ހުށަހަޅާ ފިހާރައިގެ ނަންބަރު
  6. ޑިޕޮސިޓްގެ ރަސީދު ނަންބަރު

5.   ބީލަން ނިންމުން

ހ. ބީލަން ނިމުމުން އެންމެ މަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބުވެއްޖެ ކަމުގެ ލިއުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމްޕީއެލް އާއެކު ސޮއިކުރަންވާނެއެވެ.

ށ. ބީލަން ކާމިޔާބުވި ފަރާތެއްގެ މައްސަލައަކާހުރެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގްރީމަންޓްގައި ސޮއިނުކުރެއްވިޖެނަމަ އެފަރާތަކުން ހުށަހަޅާފައިވާ ބީލަން ބާޠިލު ކުރެވޭނެއެވެ. މިގޮތުން ބީލަން ބާޠިލު ކުރެވިއްޖެނަމަ އެފަރާތަކުން ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓި -/10,000 ރުފިޔާ އަނބުރާ ނުލިބޭނެއެވެ. (ފޯރފިޓް ކުރެވޭނެއެވެ.)

ނ. ބީލަން ކާމިޔާބުނުވާ ފަރާތްތަކުން ދެއްކި ޑިޕޮސިޓް ފައިސާ ބީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި އަނބުރާ ލިބޭނެއެވެ.

6.  މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ފިހާރަތައް ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން ފިހާރަތައް ބެލޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ފޯނު ނަންބަރު 3323993 އަދި އީމެއިލް [email protected]  ފޮނުއްވައިދެއްވުން އެދެމެވެ.

7.  އިތުރު ބަޔާން

މަތީގައި ބަޔާން ކުރެވުނު ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ ޢާއިލާ ބޭފުޅެއް (ޢާއިލާ މާނަކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަދަ ފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށްވެސް މި ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.

25 ޛުލްޙިއްޖާ 1434

30 އޮކްޓޫބަރު 2013
ހޯދާ