ދިވެހިރާއްޖެ
'މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާ
ށ. ކޮމަންޑޫ / ދިވެހިރާއްޖެ
ނަންބަރު: IUL)281-CA/281/2017/18)
އިޢުލާން
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމް ނަންބަރު: 65114
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ.އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1
ސެކްޝަން: ކޯޕަރޭޓް އެފެއާޒް
މަޤާމް އޮތް އޮފީސް: މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާ / ށ. ކޮމަންޑޫ
ވަޒީފާ އަދާކުރަންޖެހޭ ތަން : މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާ / ށ. ކޮމަންޑޫ
މުސާރަ: މަހަކު 4,465.00 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު 1,500.00 ރުފިޔާ
އިތުރު އިނާޔަތްތައް: 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލޫން އިތުރުގަޑީގެ ފައިސާ
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1. އިދާރާއަށް އަންނަ ޢާންމު ފޯނުކޯލްތަކަށް އިދާރާއިން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ޖަވާބުދިނުމާއި، އެކިއެކި ކަންކަމާއި ގުޅިގެން އަންނަ ފޯނުކޯލްތައް އެކަމާއިގުޅޭ ފަރާތްތަކަށް ޕާސްކޮށް ރައްދުކުރުން.
2. އިދާރާއަށް އަންނަ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
3. އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އިދާރާއިން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
4. އިދާރާގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
5. އިދާރާއަށް އަންނަ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.
6. ކޮންމެ މަހެއްގެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
7. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
8. ސެކްޝަންގެ މުވައްޒަފުންގެ ޗުއްޓީގެ އެންމެހާ ކަންތައް ބެލެހެއްޓުން
9. އިދާރާގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން. އިދާރާގެ ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
މަޤާމްގެ ޝަރުތުތައް: 1. އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގ ގައުމީ ސަނަދުުުުުުުުުުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދައިން ދަށްވެގެން 'ސީ ' ގްރޭޑް ލިބިފައިވުން
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: • ތަޢުލީމާއި ތަމްރީނު
• މަސައްކަތުގެ ތަޖުރިބާ
• އިންޓަރވިއު
• ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެފައިވާ މިންވަރު
• ގިނަވަގުތު އޮފީހުގެ މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ކލިޔުންތައް ލިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭުރގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާޢްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީ.
6. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސާރވިސް އިން ބޭރުގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުްގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ sh. [email protected] އެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވވޭނެއެވެ.
އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2017 އޮކްޓޯބަރ 01 އާއި 2017 އޮކްޓޯބަރ 05 އާ ދެމެދު މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީހުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ޝަތުރު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތުގެ ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ
ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ
ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ : މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ 6540027 ނަންބަރ ފޯނައެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
19 ޛުލްހިއްޖާ 1438
10 ސެޕްޓެމްބަރ 2017