ސިވިލް ކޯޓު
ދިވެހިރާއްޖެ
"އާޝާ ޓެކްސްޓައިލް" ކިޔާ ފިހާރައިގައިހުރި މުދާ ވިއްކާލުން

c

ސިވިލް ކޯޓު

 މާލެ،             

ދިވެހިރާއްޖެ                                  ނަންބަރު:484 144/B5-CR-2/2017/

 

އިޢުލާން

"އާޝާ ޓެކްސްޓައިލް" ކިޔާ ފިހާރައިގައިހުރި މުދާ ވިއްކާލުން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/43 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގަމުންދާ މިކޯޓުގެ ނަންބަރު 1713/Cv-C/2016 ޤަޟިއްޔާއިން، ޗާންދަނީމަގު 14 ނަންބަރު ފިހާރަ "އާޝާ ޓެކްސްޓައިލް" ގައި ހުރި މުދާ ނީލަންކިއުން 2017 ސެޕްޓެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 14:30 ގައި ޗާންދަނީމަގު 14 ނަންބަރު ފިހާރަ "އާޝާ ޓެކްސްޓައިލް" ގައި އޮންނާނެއެވެ.

ޗާންދަނީމަގު 14 ނަންބަރު ފިހާރަ "އާޝާ ޓެކްސްޓައިލް" ގައި ހުރި ނީލަންކިޔާ މުދާތައް ބެލުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޗާންދަނީމަގު 14 ނަންބަރު ފިހާރަ "އާޝާ ޓެކްސްޓައިލް" 2017 ސެޕްޓެމްބަރ 18،19 އަދި 20 ވަނަ ދުވަހުގެ 14:30 އިން 15:00 އަށް ހުޅުވިފައިހުންނާނެކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، 2017 ސެޕްޓެމްބަރ 25 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ފައިސާ ދެއްކުމަށްފަހު، 2017 ސެޕްޓެމްބަރ 27 ދުވަހުގެ 18:00 ގެ ކުރިން ތަކެތި ގެންގޮސް ތަން ހުސްކުރަންވާނެއެވެ.

_________________

11 ސެޕްޓެމްބަރ 2017

 

11 ސެޕްޓެންބަރު 2017
ހޯދާ