ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017

ނަންބަރު:

BAM/IUL/2017/34

 

އިޢުލާން

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017

 

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 3ން ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017 ވަނީ 19 އޮކްޓޯބަރ އިން 30 އޮކްޓޯބަރ އަށް ބޭއްވުމަށް ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެންޓީމްއިވެންޓް އަދި ފިރިހެންޓީމްއިވެންޓް ވަކިންނެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މުބާރާތާއިބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އަށް ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ.

މި މުބާރާތުގެ ޤަވާއިދު އަދި މުބާރާތާއި ބެހޭ އެހެނިހެން މަޢުލޫމާތު މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އަދި ފޭސްބުކް ޕޭޖް Badminton Association of Maldives އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.

 

 

10 ސެޕްޓެމްބަރ 2017

10 ސެޕްޓެންބަރު 2017
ހޯދާ