ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ގއ. ވިލިނގިލި ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށްޝަރުޠުހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ގއ. ވިލިނގިލީގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި ބެހެއްޓިފައި ހުންނާނެއެވެ.
ވުމާއެކު، އިތުރަށް ކަމެއް ސާފުުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީ އުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ގއ. ވިލިނގިލީ ކެޓަގަރީ A ގެ ފޯމްތަކާ ގުޅޭ" ނުވަތަ " ގއ. ވިލިނގިލީ ކެޓަގަރީ B ގެ ފޯމްތަކާ ގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް، ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް، ނުވަތަ ފެކްސް މެދުވެރިކޮށް މިނިސްޓްރީގެ ފެކްސް ނަންބަރު 3004301 އަށް، 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުއްވުން އެދެމެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.
23 ޛުލްޙިއްޖާ 1438
14 ސެޕްޓެމްބަރ 2017