ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރ: (IUL)25-A5/25/2017/7
ވަޒީފާގެ ފުރުޞަތު
މުސާރަ: މަހަކު: 8500.00 ރުފިޔާ |
ނަން: ފޮރިން ސާރވިސް އޮފިސަރ (ޓްރޭނީ) |
||
ބޭނުންވާ އަދަދު: 5 |
މުއްދަތު : 1 އަހަރު ދުވަސް |
||
މި މަޤްޞަދު ހާސިލްކުރުމުގެ ގޮތުން، މި މިނިސްޓްރީއިން ވަނީ "ޔަންގް ޑިޕްލޮމަޓްސް ޓްރެއިންނިންގ ޕްރޮގްރާމް" ގެ ނަމުގައި އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ދިވެހި ޚާރިޖިއްޔާގެ މަސައްކަތަށް ކުރިމަތިލުމުގެ ކުރިން މި މަސައްކަތަށް ޚާއްސަ ތަމްރީން އަދި ހުނަރު ދަސްކޮށްދީ، މި ދާއިރާގެ ތަފާތު މަސައްކަތްތަކަށް ލޯ ހުޅުވާދީ، މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އެމްބަސީތަކުގައި މަސައްކަތްކުރުމަށް ތައްޔާރުކުރުމެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރޭގައި މި ދާއިރާއާ ގުޅޭ ޢިލްމާއި ހުނަރު ދަސްކޮށްދިނުމާ ދާއިރާގައި ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ އިރުޝާދުގެ ދަށުން މިނިސްޓްރީގެ ތަފާތު ޑިޕާޓްމަންޓް ތަކާއި މިޝަންތަކުގެ މަސައްކަތް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މިނިސްޓްރީއިން ކަނޑައަޅާ އިތުރު ބަހެއް (ފޮރިން ލެންގުއޭޖް) ދަސްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ، އަދި މިނިސްޓްރީއާއި އަލަން ގުޅެންބޭނުންވާ މީހުން ހޯދުމަށް ބޭނުންވެއެވެ.
|
މަޤްޞަދާއި މަސްއޫލިއްޔަތު |
||
ތިރީގައި މި ދަންނަވާ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ފަރާތްތައް
|
ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)
|
||
1- ވަޒީފާއަށް އެދޭ ސިޓީ،ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ވަނަވަރު 2- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ،އަދާކުރި މަޤާމާއި، ކުރި މަސައްކަތުގެ ތަފްސީލާއި މުއްދަތު ބަޔާންކޮށް އޮފީހުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ |
ހުށަހަޅަންޖެހޭ ތަކެތި |
||
ވީމާ، ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން،12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. 14 ސެޕްޓެމްބަރ 2017 |