ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާކް ކަލްޗަރަލް ސެންޓަރ އިން ބާއްވާ "ސާކް ކަލްޗަރަލް އެކްސްޓްރަވެގެންޒާ 2017" ގައި ދިވެހިރާއްޖެ، އޮކްޓޫބަރު 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

އޮކްޓޯބަރ 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާކް ކަލްޗަރަލް އެކްސްޓްރަވެގެންޒާ 2017" ގައި ދިވެހިރާއްޖެ ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ 5 ފަންނާނުން ހިމެނޭ ގްރޫޕަކަށެވެ. މި ފަންނާނުންގެ އެކޮމަޑޭޝަން، ކެއުން އަދި ލޯކަލް ޓްރާންސްޕޯޓް ހަމަޖައްސަވައިދެއްވާނީ ސާކް ކަލްޗަރަލް ސެންޓަރ އިންނެވެ. ނަމަވެސް ދަތުރު ޚަރަދު ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ އަމިއްލައަށެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 18 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ ކުރިން މިސެންޓަރަށް  އެ ފަންނާނެއްގެ ބައޮގްރަފީ، ފޮޓޯ އަދި ގުޅޭނެ ނަންބަރު ހުށަހެޅުއްވުން އެދެމެވެ. ފެސްޓިވަލް އާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ 3832  334 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މި ފެސްޓިވަލްގެ އިތުރު މައުލޫމާތު މި ސެންޓަރުގެ ވެބްސައިޓް www.nca.gov.mv  އިން ވެސް ލިބިވަޑައި ގަންނަވާނެވެ.

14 ސެޕްޓެންބަރު 2017
ހޯދާ