ދިވެހިރާއްޖެ
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާ ޚިލާފުވުމުން ދެވޭ އިންޒާރު
މިއީ، 4 އެޕްރީލް 2017ގައި ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ ނަންބަރު: CAC-04/2017 މައްސަލަ ކޮމިޝަނުން ބެލިއިރު، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ )ބ( ގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ރައްކާކޮށްފައި ނުވާކަމަށް ތަޙްޤީޤަށް ހާމަވެފައިވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅައި، CAC-19/2016 އަދި CAC-20/2016 މައްސަލަ ނިންމުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ( ގެ 4 ވަނަ ނަންބަރުގެ ދަށުން، ކޮންޓެންޓް ރައްކާކޮށްފައި ނުބެހެއްޓުމުގެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް 19 ޖުލައި 2016 ގައި އަންގާ ނަސޭހަތްތެރިވެފައި ވަނިކޮށް، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޗެނަލް 13 އިން ޚިލާފުވާ 2 ވަނަ ފަހަރު ކަމަށް ވީހިނދު، އަދި މި ކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ލައިސަންސް ދިނުމުގެ ޝަރުތަކާ ޚިލާފުނުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މި އެންގުމާއި ޚިލާފުވެއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާ ކުރާނެކަމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ދެވޭ އިންޒާރެކެވެ.
13 ސެޕްޓެންބަރު 2017