މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކުޅުދުފުށީގައި ބާއްވާ ވޯކްޝޮޕަށް ބޭނުންވާ ހިދުމަތްތައް ދޭނެފަރާތެއް ހޯދުމަށް

އިޢުލާން

                    ތިލަދުންމަތީ ދެކުނުބުރީ ރަށްރަށުގެ އިމާމުންނާއި، ޚަތީބުންނަށް މިމަހުގެ 23 އިން  25 އަށް ކުޅުދުއްފުށީގައި  ބާއްވާ ވޯރކްޝޮޕަށް ބޭނުންވާ ތިރީގައި މިދަންނަވާ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

49  ބައިވެރިންގެ ކެއުމާއި، ސައި ( 23.09.2017 ހެދުނު ސައިން 25.09.2017 މެންދުރު ކެއުމަށް )

55  ބައިވެރިންގެ ވޯރކްޝޮޕް ސައި ( 24.09.2017 ވަނަ ދުވަހުގެ ނުވަގަޑި )   

60  ބޭފުޅުންގެ ސައި ( ވޯރކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ) (24.09.2017  ވަނަ ދުވަހަށް )

06  އޮފިޝަލުންގެ އެކޮމަޑޭޝަން 22.09.2017 )  އިން 26.09.2017 ގެ ނިޔަލަށް (

06  އޮފިޝަލުންގެ ކެއުމާއި، ސައި22.09.2017 )  އިން 26.09.2017 ގެ ނިޔަލަށް )

33  ބައިވެރިންގެ އެކޮމަޑޭޝަން ( 23.09.2017 އިން 25.09.2017 އަށް )

25  ބައިވެރިންގެ ދެކޮޅު ފެރީ ޓިކެޓް ( ހދ. އަތޮޅުގެ އެކި ރަށްރަށުން އަތޮޅު ފެރީން ބައިވެރިން ކުޅުދުއްފުއްޓަށް ގެނައުމާއި ގެންދިއުން )

ނެއްލާދޫ، ނާވައިދޫ، ކުރިބީގެ 8 ބައިވެރިން ސަތަރި ދޯންޔެއްގައި ކުޅުދުއްފުއްޓަށް ގެނައުމާއި، ގެންދިއުން

10  ކޭސް ފެން ( 500 އެމް އެލްގެ )

10  އެއްގަމު ދަތުރުތަށް ( ޓެކްސީ / ކުޅުދުއްފުށީގައި )

އޮފިޝަލުންނާ، ބައިވެރިން ބަދަރުން ތިބޭތަނަށް ގެންދިއުމާއި ގެނައުން

02  ލޯންޗް ދަތުރު ( ހަނިމާދޫ، ކުޅުދުއްފުށި، ކުޅުދުއްފުށި، ހަނިމާދޫ ) ގަލްފްކުރާފްޓް ޓްއަރިންގ 36

ވޯރކްޝޮޕް ބާއްވާނެ މާލަމާއި، 49 ބައިވެރިންނަށް އަދި 06 އޮފިޝަލުންނަށް ތިބެވޭނެ ގޮޑިއާއި މޭޒު ( މޭޒުގައި ފޮތިއަޅާފައި )

04 މައިކް ހިމެނޭގޮތަށް ސައުންޑް ސިސްޓަމާއި، ޕްރޮޖެކްޓަރ

 

ވީމާ، މި ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރައްވަން ބޭނުންވެލައްވާ ފަރާއްތަކުން 18 ސެޕްޓެމްބަރ 2017 ވަނަދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ނުވަތަ ކުޅުދުއްފުށީ ކައުންސިލް އިދާރާއަށް އަގުހުށަހަޅާފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުންނާއި، ކުޅުދުއްފުށީ ކައުންސިލްގެ ރިސެޕްޝަން ކައުންޓަރުން އަގުހުށަހަޅާފޯމް ލިބެން ހުންނާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.

21  ޒުލްހިއްޖާ 1438

12  ސެޕްޓެމްބަރ  2017

13 ސެޕްޓެންބަރު 2017
ހޯދާ