ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
ނަންބަރު: IUL)SH-FAH-A/SH-FAH/2017/4) |
ވަޒީފާގެ ފުރުޞަތު |
ތާރީޚް: 13 ސެޕްޓެމްބަރ 2017 |
މަގާމު |
ޑްރައިވަރ |
|||
މަގާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ނަމްބަރ: J-253495 |
||
ބޭނުންވާ ޢަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަ ގްރޭޑް 1 |
ރޭންކް: SS2 |
|
މުސާރަ |
މަހަކު -/3470 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
|||
ޑިވިޝަން/ ސެކްޝަން |
އެޑްމިނިސްޓްރޭޝަން އެންޑް ހިޔުމަން ރިސޯސް |
|||
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ށ. އަތޮޅު ހޮސްޕިޓަލް / ށ. ފުނަދޫ |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ހޮސްޕިޓަލަށް ގެންނަންޖެހޭ ބަލިމީހުން ގެނައުމާއި، ބަލިމީހުން ގެންދިއުން - ޞިއްޙީ ޙިދުމަތް ދިނުމަށް ހޮސްޕިޓަލުން އެކިތަންތަނަށް ކުރަންޖެހޭ އެންމެހާ ދަތުރުތައް ހޮސްޕިޓަލުން އަންގާގޮތެއްގެ މަތިން ކުރުން - ފިހާރަތަކުން ހޮސްޕިޓަލަށް ގަނެވޭތަކެތި ، މާލެއިން ގެނެވޭތަކެއްޗާއި މާލެއަށާއި އަތޮޅުތެރޭގެ ތަންތަނަށް ފޮނުވަންޖެހޭ އެންމެހާ ތަކެތި ޕްރޮކިއުމަންޓުން އަންގާގޮތެއްގެމަތިން ގެންދިއުމާއި ގެނައުން - ޓެކްނިކަލް ސްޓާރފުން ހޮސްޕިޓަލަށް ގެނައުމާއި ގެންދިއުން ( އެފަދަ ކަމަކަށް އެދިއްޖެ ހާލަތްތަކުގައި ) - ހޮސްޕިޓަލަށް ގެނެވޭ ސްޓާފުންގެ ލަގެޖް އުފުލުމާއި، އެތަކެތި އެކަމަޑޭޝަނަށް ފޯރުކޮށް ދިނުން - ވެހިކަލްތަށް ކަނޑައެޅިފައިވާ އުސޫލުގެމަތިން ސާފުކޮށް ބެލެހެއްޓުން - ޑިއުޓީކުރުން |
|||
ތަޢުލީމާއި ތަޖުރިބާ |
|
|||
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
|
|||
ޢިނާޔަތްތައް |
|
|||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު ފަހު 14:00 ށް ށ. އަތޮޅު ހޮސްޕިޓަލް އޮފީހުން ލިބިލައްވާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަމްބަރަކީ، 6540616 ކެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. |
|||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 އޮކްޓޯބަރ 12 ވަނަ ދުވަހުގެ ކުރިން ށ. އަތޮޅު ހޮސްޕިޓަލްގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|||
ޝޯޓް ލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވަ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
ޖުމްލަ އިންސައްތަ %25 |
|||
އިތުރުމަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540074 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540616 އެވެ. އަދި އީ-މެއިލް ކުރާނީ ކުރާނީ [email protected] އަށެވެ. |
|||
22 ޛުލްޙިއްޖާ 1438