ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތުނަންބަރު: (IUL)468-U01/468/2017/1002 |
|||||||||||
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|||||||||||
މަޤާމް |
ޕްރޮގްރާމް އޮފިސަރ ( ކޮންޓްރެކްޓް ) |
||||||||||
ރޭންކް |
އެމް.އެސް.1 |
||||||||||
ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||||||||||
އޮފީސް/އިދާރާ |
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ |
||||||||||
ސެކްޝަން |
ސިޓީ ޑެވެލޮޕްމަންޓް ސަރވިސް |
||||||||||
ވަޒީފާއަދާކުރަންޖެހޭ ތަން |
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ |
||||||||||
މުސާރަ |
5610/- |
||||||||||
ސަރވިސް އެލަވަންސް |
2000/- |
||||||||||
ބޭނުންވާ ޢަދަދު |
1 (އެކެއް) |
||||||||||
މުއްދަތު |
31 މާރިޗް 2018 ގެ ނިޔަލަށް |
||||||||||
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް |
|
||||||||||
މަޤާމުގެޝަރުޠުތައް |
1- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 2- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުން ނުވަތަ 3- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުންވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން
|
||||||||||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ބިދޭސީންގެ ދަފުތަރު އެކުލަވާލައި ބެލެހެއްޓުން 2- ސިޓީގައި ދިރިއުޅޭ ތެލެސީމިއާ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންގެ މަޢުލޫމާތު ބެލެހެއްޓުމާއި އެފަރާތްތަކަށް ބޭނުންވާ ލޭ ހޯދުމަށްޓަކައި ލޭހަދިޔާ ކުރާނެ ފަރާތްތައް ހޯދުމާއި ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިވުން. 3- ކައުންސިލުން ބަލަހައްޓަންޖެހޭ ކުށްވެރިންގެ ދަފުތަރު އެކުލަވާލައި ކުށްވެރިންގެ ކަންތައްތައް ބެލެހެއްޓުން
4- ޕެންޝަނާއި އެކަނިވެރި މައިންގެ ޢިނާޔަތްތަކާއި ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކޮށް ބެލެހެއްޓުން.
5- ޑިޒާސްޓަރ މެނޭޖްމަންޓާއި ގުޅޭ މަސައްކަތްތައް އަތޮޅު ފެންވަރުގައި ރާވާ މީހުން ހޭލުންތެރި ކުރުމާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
6- އިމަޖެންސީކޮށް ދިމާވާ ސިއްޙީ މައްސަލަތަކުގައި ފިޔަވަޅުއެޅމާއި ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން އަދި ކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން
7- ކުޅިވަރުކުޅޭ ތަންތަނާއި ޤަބުރުސްތާނާއި ފެންބޭރުކުރާ ކާނު ބަލަހައްޓައި އެތަންތަނުގެ ރެކޯޑް ބެލެހެއްޓުން
8- ސިޓީގައި ހިންގާ ސްކޫލްތަކުގެ ކިޔަވާ ދަރިވަރުންނާ، މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުމާ ކިޔަވާ ކުދިންގެ ފެންވަރު މަތިކުރުމަށް، ގުޅިގެން ހިންގަންޖެހޭ ޙަރަކާތްތައް ރާވާ ހިންގުން.
|
||||||||||
މިމަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް |
- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނު ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން - ޤާބިލްކަން ކަށަވަރުމަށްޓަކައި އިންޓަވިއު ކޮށްގެން |
||||||||||
އިންޓަރވިއުއަދި ޕްރެޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު |
މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މިއިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެފަރާތްތަކަށް އެންގޭނެއެވެ.
|
||||||||||
ހުށަހަޅަންޖެހޭ ތަކެތި |
|
||||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. - މިވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމް ފުރުއްވައި 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. |
||||||||||
ޝޯޓް ލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
||||||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
%30 ( ތިރީސް އިންސައްތަ) |
||||||||||
އިތުރު މަޢްލޫމާތު ހޯދުން |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ފޯން ނަންބަރ 6865001 ،ފެކްސް: 6860958 އީމެއިލް: [email protected] |