ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުލް އިޚްލާސްގެ އިސްކުރުބަރިއާއި، ފާޚާނާ މަރާމާތު ކުރުމާބެހޭ.
މިރަށު މަސްޖިދުލް އިޚުލާސް މިސްކިތުގެ ފާހާނާއާއި، އިސްކުރުބަރި އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)387/387/2017/47 (16 އޮގަސްޓް 2017)ގެ އިއުލާނާގުޅިގެން އެއްވެސް ފަރާތަކުން ބިޑް ޑޮކިއުމެންޓް ބައްލަވައިގަނެފައި ނުވާތީ، އެއިލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ވަނަދުވަހުގެ 9:30 އިންފެށިގެން 18 ސެޕްޓެމްބަރ 2017 ވަނަދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 24 ސެޕްޓެމްބަރ 2017 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 18 ސެޕްޓެމްބަރ 2017 ވަނަދުވަހު 13:30 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/15 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
22 ޛުލްޙިއްޖާ 1438
13 ސެޕްޓެމްބަރ 2017