މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސީނިއަރ ޑޭޓާ ޕްރޮސެސިންގ އޮފިސަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރ
`
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
މާލެ
ދިވެހިރާއްޖެ. ނަންބަރު:09 (IUL)425-C1/1/2017/
އިޢުލާން
| މަޤާމް: | ސީނިއަރ ޑޭޓާ ޕްރޮސެސިންގ އޮފިސަރ |
| މަޤާމުގެ ނަންބަރު: | J-216093 |
| ބޭނުންވާ އަދަދު: | 01 (އެކެއް) |
| މަޤާމުގެ ގިންތި: | ދާއިމީ |
| މަޤާމުގެ ރޭންކް: | އެމް އެސް 2 |
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
| ސެކްޝަން: | ކައުންސިލް ބިއުރޯ/ މާލޭ ސިޓީކައުންސިލްގެ އިދާރާ |
| މަޤާމް އޮތް އޮފީސް: | މާލޭ ސިޓީކައުންސިލްގެ އިދާރާ |
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | މާލޭ ސިޓީކައުންސިލްގެ އިދާރާ / މާފަންނު އޮފީސް |
| މުސާރަ: | މަހަކު -/6295 ރުފިޔާ |
| ސަރވިސް އެލެވަންސް: | މަހަކު -/2000 ރުފިޔާ |
| އިތުރު ޢިނާޔަތްތައް: | 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. |
| 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | |
| 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | |
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1- ކައުންސިލްގެ މީޓިންގއަށް ތައްޔާރުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްކުރުން (މީޓިންއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެޖެންޑާ ފޮނުވުމާއި، އެޖެންޑާއާގުޅޭ ހުރިހާލިޔުންތަކެއް ފޮނުވުމާއި މީޓިންގ ބާއްވާ ތަން ތައްޔާރު ކުރުން) |
| 2- ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ކުއްލި ޖަލްސާތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ޖަލްސާތަކުގައި ދައްކާ ވާހަކަތައް ރެކޯޑުކޮށް ބެލެހެއްޓުން. | |
| 3- ކައުންސިލްގެ ރަސްމީ ޖަލްސާ ނިމުމުން ޔައުމިއްޔާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ފާސްކުރުމަށް ކައުންސިލަށް ހުށަހެޅުމާއި އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން | |
| 4- ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ކުއްލި ޖަލްސާތަކުގެ އެޖެންޑާ މޭޔަރ ނުވަތަ ޑެޕިއުޓީ މޭޔަރ އަންގަވާ ގޮތެއްގެމަތިން ތައްޔާރުކޮށް ކައުންސިލް ޖަލްސާއަށް ހުށަހެޅުން | |
| 5- ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކުރުން | |
| 6- މީގެ އިތުރުންވެސް ކައުންސިލަރުންނާ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ކުރުން | |
| 7- މާލޭ ސިޓީކައުންސިލުން ބާއްވަވާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން | |
| މަޤާމުގެ ޝަރުޠުތައް: | |
| 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ | |
| 2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ | |
| 3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ | |
| 4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. | |
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | · ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން. |
| · މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން | |
| · ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. | |
| · އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް. | |
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު |
| 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) | |
| 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. | |
| 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. | |
| 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ | |
| )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) | |
| (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. | |
| (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. | |
| 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ | |
| (ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | |
| (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | |
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމު މި ހުރަވީބިލްޑިންގ ގައި ހުންނަ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ހުރަވީބިލްޑިންގ ގައި ހުންނަ މި އިދާރާގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 01 އޮކްޓޫބަރ 2017 އާއި 05 އޮކްޓޫބަރ 2017 އާ ދެމެދު،މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ | |
| %30 (ތިރީސް އިންސައްތަ) | |
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7989840 / 3306727ނަންބަރު ފޯނާއެވެ. |
| މަޤާމް: | އެޑްމިނިސްޓްރޭޓިވް އޮފިސަރ |
| މަޤާމުގެ ނަންބަރު: | J-215907 |
| ބޭނުންވާ އަދަދު: | 01 (އެކެއް) |
| މަޤާމުގެ ގިންތި: | ދާއިމީ |
| މަޤާމުގެ ރޭންކް: | ޖީ.އެސް 3 |
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 |
| ސެކްޝަން: | ކޯޕަރޭޓް ސަރވިސް / ކޯޕަރޭޓް މެނޭޖްމަންޓް / ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އާކައިވްސް |
| މަޤާމް އޮތް އޮފީސް: | މާލޭ ސިޓީކައުންސިލްގެ އިދާރާ |
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | މާލޭ ސިޓީކައުންސިލްގެ އިދާރާ / މާފަންނު އޮފީސް |
| މުސާރަ: | -/4465 ރުފިޔާ |
| ސަރވިސް އެލެވަންސް: | -/1500 ރުފިޔާ |
| އިތުރު ޢިނާޔަތްތައް: | 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. |
| 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. | |
| 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | |
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1- ސެކްޝަނުގެ އިތުރުގަޑި ރިޕޯޓް ތައްޔާރުކުރުން. |
| 2- އޮފީހުގެ ޔައުމިއްޔާ ލިޔުން. | |
| 3- އޮފީސް ހުޅުވާ ތަޅުދަނޑި ގެނެސް ގެންދާ ކާޑު ހެދުމުގެ މަސައްކަތްކުރުން. | |
| 4- އޮފީސް ހުޅުވާ ލެއްޕުމުގެ ތާވަލް ހަދައި އެކަމާ ބެހޭ މުވައްޒަފަކަށް ފޮތުގައި ލިޔެ ޙަވާލުކުރުން. | |
| 5- އޮފީހުގެ ހުރިހާ ސެކްޝަންތަކެއްގެ ސާފުތާހިރުކަން ބަލަހައްޓައި ސާފުކުރުމުގެ މަސައްކަތްކުރުވުން. | |
| 6- ޕިޔޯނުން، ލޭބަރުން، މަސައްކަތު މީހުންގެ ކަންތައްތައް ބެލެހެއްޓުން. | |
| 7- އޮފީހުގެ އިދާރީ ހިންގުމާބެހޭ މަސައްކަތް. | |
| 8- ޒަކާތު ފަންޑުން އެހީހޯދުމަށް އެދޭފަރާތްތަކަށް ދޭންޖެހޭ ލިޔުން ސްޕަވައިޒަރުން ފޮނުވައިގެން ހޯދުމުގެ ކަންކަންކުރުން. | |
| 9- އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށާއި ތައްޔާރުކުރުމަށް އެހީތެރިވެ ދިނުން. | |
| 10- އޮފީހުގައި ބޭއްވޭ މީޓިންތަކަށް ބޭނުންވާ ތަކެތި ހޯދުމާއި މާލިއްޔަތު ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން މީޓިންތަކަށް ސައިގެކަންތައްތައް ހަމަޖެއްސުން. | |
| 11- އޮފީހުގެ އިދާރީ މައި ކައުންޓަރުގައި މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ކައުންޓަރަށް ނިކުމެ މަސައްކަތްކުރުން | |
| 12- އޮފީހުގައި ބޭއްވޭ ހަފްލާތަކަށާއި މުވައްޒަފުން އޮފީހުގައި ބޭނުން ކުރުމަށް ބޭނުންވާނެ ތަކެތި ހޯދުން | |
| މަޤާމުގެ ޝަރުޠުތައް: | 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
| ނުވަތަ | |
| 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފާވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑްލިބިފައިވުން. | |
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | · ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން. |
| · މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން | |
| · ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. | |
| · އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް. | |
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު |
| 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) | |
| 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. | |
| 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. | |
| 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ | |
| )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) | |
| (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. | |
| (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. | |
| 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. | |
| 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ | |
| (ހ)ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | |
| (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | |
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމު މި ހުރަވީބިލްޑިންގ ގައި ހުންނަ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ހުރަވީބިލްޑިންގ ގައި ހުންނަ މި އިދާރާގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް ޓެސްޓް އޮންނާނީ، 01 އޮކްޓޫބަރ 2017 އާއި 05 އޮކްޓޫބަރ 2017 އާ ދެމެދު،މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ | |
| %30 (ތިރީސް އިންސައްތަ) | |
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7989840 / 3306727ނަންބަރު ފޯނާއެވެ. |
21 ޛުލްޙިއްޖާ 1438
12 ސެޕްޓެމްބަރ 2017
މި އިޢުލާނުގެ މުއްދަތު ހަމަވަންދެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްދެއްވުންއެދެމެވެ.
12 ސެޕްޓެންބަރު 2017
ހޯދާ
