މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

އިޢުލާނު

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-268889

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުހެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

 

އިތުރު އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

 

  1. ރަށު ކައުންސިލުން ބަލަހައްޓަންޖެހޭ ބިނާތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ހިމާޔަތް ކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަތުމާއި އެތަންތަނަށް ލިބޭ ގެއްލުމާއި މަރާމާތު ދެނެގަތުން.
  2. ރަށުގައި ގެންގުޅޭ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އަލަށް އުފެދޭ އުޅަނދު ފަހަރުގެ ރަޖިސްޓްރީ ހަދައިދިނުމާއި އޮޑީ ނަންބަރު ހޯދައިދިނުން.
  3. ލިބޭ ފައިސާ ބަލައިގަތުމާއި ފައިސާ އާއި ގުޅޭ ލިޔެކިޔުންތަށް  ޤަވާއިދުން ބަލަހައްޓަމުން ގެންދިޔުން
  4. މުސާރަ ހެދުމަށް ބޭނުންވާ ރިޕޯޓްތައް ހެދުމާއި، މުސާރަ ޝީޓްތައް ޗެކްކޮށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވުން
  5. ޕްރޮކިޔުމަންޓްގެ މަސައްކަތް ކުރުން
  6. ބިލްތަކަށް ފައިސާ ދެއްކުމާއި ފައިސާ އާއި ގުޅޭ ރެކޯޑްތައް ޤަވާއިދުން ބަލަހައްޓަމުން ގެންދިޔުން
  7. ފައިސާ އާއި ގުޅޭ ރިޕޯޓްތައް ޤަވާއިދުން ހަދާ ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން
  8. ރަށުގެ ތަރައްޤީޕްލޭނާއި ބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލޭންޑް ޔޫސްޕްލޭން އަހަރުން އަހަރަށް އަޕްގްރޭޑް ކޮށް ބެލެހެއްޓުމާއި އިދާރާގެ ފައިނޭންސިއަލް ޕްލޭން ތައްޔާރުކުރުމުގައި މަޝްރޫތަކަށް ހިނގާ ހަރަދުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  9. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުގެ ލައިސަންސާއި، ރޯޑްވާދިނަސް އާއިބެހޭ ރެކޯޑްތަށް ބެލެހެއްޓުމާއި އެކަމާ ގުޅޭ އެންމެހާ މަސައްކަތް ކުރުން
  10. މި އިދާރާއިން ދޭ ހިދުމަތްތަކާއި ގުޅޭގޮތުން ދޭންޖެހޭ ހުއްދަތައް ދިނުން.
  11. އިމާރާތާއިގޯތީގެރަޖިސްޓްރީހައްދައިދިނުމާއި ގޯތިގޯތީގެ ކަންމުޑި ވެރިއެއްގެ އިރުޝާދުގެ ދަށުން އަޅާއިދިނުމާއި ބިމުގެ އެންމެހާ މައްސަލަތައް ބެލެހެއްޓުން
  12. އުފަންވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ރަޖިސްޓްރީ ހެދުމާއި، އުފަންވާ ކުދިންގެ ރައްވެހިގެން ރަޖިސްޓްރީ ހެދުމާއި އައިޑީ ކާޑު ހެދުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި ރަށްވެހިންގެ ރަޖިސްޓަރީތައް ބެލެހެއްޓުމާއި އަދި އާބާދީއާއި ރަށްވެހިންގެ ރެކޯޑް ބެލެހެއްޓުން
  13. ސެކްސަނަށް ލިބޭ ސިޓީ، މެސެޖް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި ސެކްޝަނުން ފައިލްކުރަންޖެހޭތަކެތި ކަނޑައެޅިފައިވާ ފައިލިންސިސްޓަމާއެއްގޮތައް ފައިލްކޮށް ސެކްސަނުގެ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.
  14. ސެކްސަނުން މަހުން މަހަށް ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި، އަދި ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުމުގައި އެހީތެރިވުން
  15. ބަޖެޓް ތައްޔާރުކުރުމުގައި ސެކްޝަނަށް ބޭނުންވާތަކެއްޗާއި ހިދުމަތްތައްދިނުމުގައި ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ފައިނޭންސް ސެކްޝަނަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
  16. އާބާދީއާއި، ރައްވެހިންގެ ރެކޯރޑް ގަވައިދުން ބަލަހައްޓަމުން ދިޔުން
  17. ޕަބްލިކް ފެންތާނގީތައް މޮނިޓަރ ކުރުން
  18. ރަށުގައިރަޖިސްޓްރީ ކޮށްފައިވާ އިގްތިސާދީމަސައްކަތްތައް ކުރާތަންތަނާއި ބިންތަކުން ކައުންސިލަށް ބަރާބަރަށް ފީދައްކަމުންދޭތޯބެލުން
  19. ފަތުރުވެރިކަމުގެ މަސައްކަތާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  20. މަސައްކަތާއި ގުޅޭގޮތުން އޮފީސް ވެބްސައިޓަށް އަޕްލޯޑްކުރަންޖެހޭ ލިޔުންތަށް އަޕްލޯޑްކުރުން
  21. މީގެ އިތުރުން ދާއިރާއާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުމާއި، ޤާނޫނާއި ޤަވާއިދާ ހިލާފްނުވާ އަދި ވަޒިފާއާގުޅޭގޮތުން ކައުންސިލް އިދާރާއިން އަންގާ މަސައްކަތްތައް ކުރުން،

 

 

 

 

މަޤާމުގެ ޝަރުތުތައް:

އެކައުންޓިންގ /  ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން / އިންފޯމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ކިޔަވައިދިނުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު، އެކައުންޓިންގ /  ފައިނޭންސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަން / އިންފޯމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް / ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

       ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީއިން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާޢްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިމަކުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިސް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް އިދާރާ އިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ސެޕްޓެމްބަރ 24 ވާ އާދީއްތަ ދުވަހުގެ  12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580074 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ސެޕްޓެމްބަރ 25 އާއި 2017 ސެޕްޓެމްބަރ 28 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމްތަކަށް މީހުން ހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

 

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %30

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580074 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580074 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

12 ސެޕްޓެންބަރު 2017
ހޯދާ