މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކްލައިންޓް ރިލޭޝަން އޮފިސަރ

                                                                        ނަންބަރު: 216MPAO/I/2017/22 

ވަޒީފާގެ ފުރުޞަތު

 

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:              އެސިސްޓެންޓް ކްލައިންޓް ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު:        1

މުސާރަ:             7,500.00ރ

މިމަޤާމަށް ލިބޭ ލަވަންސް:

  • ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 2,500.00ރ (ތިންހާސް ފަސް ސަތޭކަ ރުފިޔާ).
  • ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި 50ރ (ފަންސާސް ރުފިޔާ) ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

ފެންވަރު ނުވަތަ ޝަރުތު:

  1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް.އެސް.ސީ) އިމްތިހާނުގައި ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  2. ކަސްޓަމަރ ސާރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލްކޮށްފައިވުން.  
  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

މިމަޤާމާ ގުޅޭ މައްސޫލިއްޔަތަކުގެ މަޢުލޫމާތު ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި ޢިއުލާނާއި އެއްކޮށް ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

 

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން/ސެޓްފިކެޓްތަކުގެ ކޮޕީ

 

 

ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝަރުތު ހަމަވާ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެންބަރު  2017ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން: 1441

އީމެއިލް: [email protected]

 

 

2017 ސެޕްޓެންބަރު 10

10 ސެޕްޓެންބަރު 2017
ހޯދާ