ދިވެހިރާއްޖެ
އައި.ސީ.އައި.އޭ 2017 އަށް ޕެނަލް މޮޑަރޭޓަރެއް ހޯދަން ބޭނުންވެއްޖެ
އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައި ނުވާތީވެ، ކުރިން ކުރެވިފައިވާ އިޢުލާން ނަންބަރު 170-B/I/2017/65 ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން އިންތިޒާމް ކޮށްގެން ބާއްވާ އައި.ސީ.އައި.އޭ 2017 އަށް ޕެނަލް މޮޑަރޭޓަރއެއް ބޭނުންވެއްޖެއެވެ.
ފެންވަރު ނުވަތަ ޝަރުތު |
- އިންޓަރނޭޝަނަލް ކޮންފަރަންސް ތަކުގައި މޮޑަރޭޓް ކުރުމުގެ ތަޖުރިބާ ލިބިފައި ހުރުން - އިނގިރޭސި، އަރަބި، އަދި ދިވެހި ބަހަށް ފަރިތަވުން - މަޝްވަރާތަށް ފެސިލިޓޭޓް ކުރުމުގެ ހުނަރު ހުރުން - ގިނަ ދާއިރާތަކުން މައުލޫމާތު މުއްސަނދިވެފައިވުން - އިގިރޭސި ބަހުން ދިވެހި ބަހަށް އަދި ދިވެހި ބަހުން ޢިގިރޭސި ބަހަށް ފަރިތަކަމާއެކު ތަރުޖަމާކުރަން އެގުން. |
މާރްކްސް ދެވޭނެ މިންގަނޑުތައް
މަސައްކަތުގެ އަގު (6% ޖީ.އެސް.ޓީ އާއި އެކު) |
ތަޖުރިބާ |
%50 |
%50 |
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
އިތުރު މައުލޫމާތު ބޭނުންފުޅު ވެލައްވާނަމަ، ޓެލެފޯން ނަންބަރ 3022120 / 3022115 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
21 ޛުލްހިއްޖާ 1438
12 ސެޕްޓެމްބަރ 2017