ދިވެހިރާއްޖެ
ނަންބަރ:24(IUL)241-B/241/2017/
އިޢުލާން
ގއ.އަތޮޅުގޭގެ އިރުމަތީފަރާތު މިހާރުހުރިފާރު ތަޅާ އާފާރެއް ރާނާދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ގއ.އަތޮޅުގޭގެ އިރުމަތީފަރާތު މިހާރުހުރި ފާރުތަޅާ އާފާރެއް ރޭނުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފް ކުރެއްވުމަށްފަހު 20 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތަތަކާއި އަދި ގަޑިޖެހިގެން ހާޟިރުވާ ފާރާތްތަކަށް މައުލޫމާތު ދިނުމާއި އަދި އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތް ތަކުންނާއި ކުންފުނި ތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުވޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާރކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާރކްސް
- މާލީ ތަނަވަސްކަމަށް ދެވޭ މާރކްސް
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
20 ޒުލްހިއްޖާ 1438
11 ސެޕްޓެމްބަރ 2017