ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ސެޕްޓެންބަރު 2017 11:13 ގައި ބާތިލް ކުރެވިފައެވެ.
އިނގުރައިދޫ ސްކޫލް Inguraidhoo School
ރ. އިނގުރައިދޫ، ދިވެހިރާއްޖެ R.Inguraidhoo / Republic of Maldives
ނަންބަރ: GS124/ IUL /2017/30
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕްރީސްކޫލް ދަރިވަރުންގެ ކުޅޭ ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިސްކޫލުގެ ޕްރީސްކޫލް ދަރިވަރުންގެ ކުޅޭ ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުނުކޮށް ހުށައަޅާ އަންދާސީ ހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ.
ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580002 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.
20 L 1438
11 ސެޕްޓެމްބަރ 2017
ސަޢީދު އިބްރާހިމް
( ޕްރިންސިޕަލް )