މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

     ނަންބަރު: IUL297-AD/297/2017/20

އިޢުލާން

ވަޒީފާގެ ފުރުޞަތު

        މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J- 222515

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

ޖީ.އެސް 3

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

 

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ / ނ.ވެލިދޫ

 

މުސާރަ:

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސްރުފިޔާ)

 

ސަރވިސް އެލަވަންސް:

-/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

 

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށްވެހިންގެ ރަޖިސްޓްރީ ހެދުމާ ރަޖިސްޓްރީއާބެހޭ އެންމެހާކަންކަންކުރުން.
  2. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓްހެދުން.
  3. ވިހާ މަރުވާގެ ރެކޯޑް (އާބާދީ ރެކޯޑް) ޤަވާޢިދުން ބެލެހެއްޓުން.
  4. އައި.ޑީކާޑުހެދުމާއި، މީހުންގެނަންބަދަލުކުރުމާއިބެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއެއްގޮތަށް ކުރުން
  5. އާބާދީއާއިބެހޭ ރިޕޯޓް ކޮންމެމަހަކު 1 ފަހަރު ޤަވާޢިދުން ފޮނުވުން.
  6. ކޮންމެ 4 މަހަކުން 1 ފަހަރު ރަށާބެހޭ މަޢުލޫމާތު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.
  7. ކޮންމެ 2 މަހުން އެއްފަހަރު ރަށުގާއުޅޭ ބިދޭސީންގެ މަޢުލޫމާތުހޯދާ ބިދޭސީންގެ ދަފްތަރުލިޔެ ބެލެހެއްޓުން.
  8. ކައުންސިލްއިދާރާގެ ޔައުމިއްޔާދުވަހުން ދުވަހަށް ލިޔެ ކޮމްޕިއުޓަރގާ ސޮފްޓްކޮޕީ ފައިލްކޮށް ނެޓްވޯކަށްލާ، ކޮންމެ ހަފްތާއަކު އެއްފަހަރު ހާޑްކޮޕީ ޕްރިންޓްކޮށް ސޮއިކުރުވާ ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ކޮންމެ އަހަރެއް ނިމުމުން ހާޑްކޮޕީ ބައިންޑްކޮށް ރައްކާތެރިކަމާއެކުގާ ބެލެހެއްޓުން.
  9. ރަށުގާ ހިނގާ މުހިއްމުކަންތަކުގެ ޔައުމިއްޔާ ޤަވާޢިދުން ލިޔަމުންގެންދިއުން.
  10. ރަށުކައުންސިލުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތައް ޝަރީޢަތަށް ހުށައެޅުން.
  11. ކައުންސިލްގެ ފުރަތަމަ 06 (ހައެއް) މަސްދުވަހުގެ ރިޕޯރޓް އެކުލަވާލާ އެއަހަރުގެ ޖުލައިމަހުގެ 10 ވަނަދުވަހުގެކުރިން އަތޮޅުކައުންސިލަށް ފޮނުވުން.
  12. ކައުންސިލްގެ އަހަރީރިޕޯރޓް އެކުލަވާލާ ޖަނަވަރީމަހުގެ 10 ވަނަދުވަހުގެކުރިން އަތޮޅުކައުންސިލަށްފޮނުވުން.

 

 

  1. ރަށުކައުންސިލުން އެކަށައަޅާ ސިޔާސަތާގުޅޭގޮތުންހަދަންޖެހޭ ޤަވާޢިދުތަކާ އުޞޫލުތައްހެދުން.
  2. ޔުނިޓްގައި ހުރި ނުނިމޭ މައްސަލަތަކުގެ ރެކޯޑް ބަލަހައްޓާކަމާބެހޭ ޔުނިޓަށް މަހުންމަހަށް ރިޕޯރޓް ހަވާލުކުރުން.
  3. ބޯހިމެނުމާއިބެހޭގޮތުންކަމާބެހޭ ފަރާތުން އަންގަވާ އެންމެހާ ކަންކަންކުރުން.
  4. ތަރައްޤީގެ މަޝްރޫޢުތަކާގުޅިގެން ސަރުކާރުގެ މިނިސްޓްރީތަކާ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯރޓް ރަށުކައުންސިލުން ކަޑައަޅާގޮތެއްގެމަތިން ޤަވާޢިދުން ފޮނުވަމުން ގެންދިއުން.
  5. އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބްކުރުމާ ކައުންސިލްއިދާރާއިން އަންހެނުން ކޮމިޓީއާގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން.
  6. ރަށުގާހުންނަ ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ކަންކަންކަމުގާ އެހީތެރިވެދިނުން.
  7. އިންތިޚާބުތަކާއިގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަންގަވާކަންކަން އަންގަވާގޮތުގެމަތިންކުރުން.
  8. ލިޔެކިޔުމަށް ބޭނުންކުރާ ފޮތްފަދަ ތަކެތި ރައްކާތެރިކަމާއެކު ސާފްތާހިރުކޮށް ބެލެހެއްޓުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ދުވަހުންދުވަހަށް ފައިލްކޮށްބެލެހެއްޓުން.
  9. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްސަމަސައްކަތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

  1. އޮފީސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖް މަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއްހާސިލްކޮށް ފައިވުމާއިއެކު އޮފީސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ހިއުމަން ރިސޯސްމެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖްރިބާ
  3. އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.ވެލިދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017ސެޕްޓެމްބަރ 26 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން، ނ.ވެލިދޫކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017ސެޕްޓެމްބަރ 28 އާއި 2017 އޮކްޓޯބަރ 05 އާ ދެމެދު، މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑަ އަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 ސެޕްޓެންބަރު 2017
ހޯދާ