މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

   މަޤާމް:                   އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

   މަޤާމްގެ ނަންބަރ:             J-270626

   ބޭނުންވާ އަދަދު:              01 (އެކެއް)

   މަޤާމްގެ ގިންތި:               ދާއިމީ

   ރޭންކް:                   އެމް. އެސް. 2

   ކްލެސިފިކޭޝަން :             ޓެކްނިކަލް އޮފިސަރ ގްރޭޑް 2

   ސެކްޝަން:                 ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީސް ސެކްޝަން

   މަޤާމް އޮތް އޮފީސް:            މޯލްޑިވްސް ޕޮލިޓެކްނިކް

   ވަޒީފާ އަދާކުރަންޖެހޭ ތަން:        މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

   ކިޔަވައިދޭންޖެހޭ ދާއިރާ:          ހިސާބު

  މަސައްކަތް ކުރަންޖެހޭ ގަޑި:        ހެނދުނު 8:00 ން މެންދުރުފަހު 14:00އަށް

   މުސާރަ :                 -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:          -/3500 ރުފިޔާ

   އިތުރު އިނާޔަތްތައް:            1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                          2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                          3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް 

1- ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑީއާއެކު ހަފްތާއަކު، މަދުވެގެން 20 ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުމާއި، ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.

2- ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަޑު ކަންތައްތައް ކުރުން.

ހ. އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙް ކުރުން.

ށ. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

ނ. މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް ކޯޑިނޭޓަރާ ހަވާލުކުރުން.

ރ. އިމްތިހާނަށްފަހު ޙަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ކޯޑިނޭޓަރާ ޙަވާލުކުރުން.

ބ. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައިގެން އެކަމަށް މަސައްކަތް ކުރުން.

3.  މަރުކަޒު އަދި ޑިޕާޓްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި،  ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދިނުން.

4. ހަމަޖެހިފައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ޑިޕާޓްމަންޓަށް ނިސްބަތްވާ ތަންތަނުގެ އިކްވިޕްމަންޓާއި ކިޔަވައިދިނުމަށް ހޯދޭ ފޮތްތައް ބަލަހައްޓަމުން ގެންދޭތޯ ބެލުން.

5. ޑިޕާޓްމަންޓަށް ނިސްބަތްވާ ކޯސް/ސަބްޖެކްޓް ކޯޑިނޭޓްކުރުން

6. ރާއްޖޭގައި ހިނގޭ މޮބައިލް ޓްރޭނިނގް ކޯސްތައް ރާވައި ހިނގުން

7. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

8. ޕޮލިޓެކްނިކްގެ ދަރިވަރުންނާ ގުޅޭ ކޯކަރިކިއުލަރއާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތައް ރާވައި ހިންގުމުގައި އެހީތެރިވުން.

9- ދަރިވަރުންގެ އަޚްލާގާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅާލުން.

10- ޕޮލިޓެކްނިކްގެ ކަންތައްތައް ރަގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައިގެން އަމިއްލަގޮތުންވެސް މަސައްކަތް ކުރުން

11- މަޤާމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްއިން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.

 

ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،                              

1. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ،

2. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީނުދިނުމުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތަމްރީނުދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

4. މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއެކު، އެމް.އެސް 1 ރޭންކުގެ ތަމްރީނު ދިނުމުގެ ދާއިރާއެއްގެ ވަޒިފާގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:                            

ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު ކުރުން:

މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305401 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ސެޕްޓެންބަރު 2017
ހޯދާ