މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ފައިނޭންސް)

   މަޤާމް:                   އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމްގެ ނަންބަރ:             J-206814

   ބޭނުންވާ އަދަދު:              01 (އެކެއް)

   މަޤާމްގެ ގިންތި:               ދާއިމީ

   ރޭންކް:                    ޖީ.އެސް 4

   ކްލެސިފިކޭޝަން :             އޮފިސަރ ގްރޭޑް 2

   ސެކްޝަން:                 ފައިނޭންސް އެންޑް ފެސިލިޓީސް ޑިވިޜަން

   މަޤާމް އޮތް އޮފީސް:             މޯލްޑިވްސް ޕޮލިޓެކްނިކް

   ވަޒީފާ އަދާކުރަންޖެހޭ ތަން:         މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

   މުސާރަ :                  -/5,020 ރުފިޔާ

   ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

   އިތުރު އިނާޔަތްތައް:             1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

                           2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                           3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކްގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓުތަކުން ހޯދުމަށްފަހު، ބަޖެޓް ތައްޔާރުކުރުމަށްފަހު މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.

2- މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.

3- ކެޕިޓަލް ޚަރަދުތައް ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން އަދި ކެޕިޓަލް ތަކެތީގެ އަޕްޑޭޓްސް މިނިސްޓްރީއިން ބެއްލެވުމަށްފަހު، ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ދުވަހުން ދުވަހަށް ގެނައުން.

4- އެސެޓްކޯޑްގެ ހުއްދައަށް ފޮނުވަންޖެހޭ ތަކެތި މިނިސްޓްރީއޮފް ފިނޭންސް އަށް ދުވަހުން ދުވަހަށް ފޮނުވުން އަދި މި ތަކެތީގެ އަޕްޑޭޓްސް ބެއްލެވުމަށްފަހު ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން.

5- ބަޖެޓުގެ ކޯޑުތަކުގެ ބާކީ ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، ބަޖެޓްކޯޑުގެ ޓްރާންސްފަރ އަށް ހުށަހަޅަންޖެހޭ ލިޔުންތައް ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން ދުވަހުން ދުވަހަށް މިނިސްޓްރީއަށް ފޮނުވުން.

6- ބިލް ޕޯސްޓްކުރުމަށްފަހު، އަދާކުރެވޭ ބިލްގެ ސްޓޭޓަސް ސެޕް ސިސްޓަމްއިން ބެލުމަށްފަހު ސެކްޝަނުގެ އިސްވެރިޔާގެ ސަމާލުކަމަށް ގެނައުން އަދި ބިލް އަދާކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް އެބިލްތައް އަލުން ޕޯސްޓްކުރުން

7- އަދާކޮށް ނިމޭ ބިލްތަކުގެ މަޢުލޫމާތު ބިލްގެ ވެރިފަރާތަށް ފޯރުކޮށްދިނުން.

8- ސެކްޝަނަށް ލިބޭ ބިލް 7 ދުވަހުގެ ތެރޭގައި އަދާކޮށް ނިންމުން

9- ވެންޑަރ ކްރިއޭޓް ކުރަންޖެހޭ ފަރާތްތަކުގެ ވެންޑަރ ބިލް ލިބޭތާ 3 ދުވަހުގެ ތެރޭގައި ކްރިއޭޓްކޮށް ނިންމުން.

10- މުސާރަ ދިނުމުގައި ބަޖެޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ނިންމުމަށްފަހު، މުސާރަ ދިނުމަށް ކަނޑައެޅިފައިވާ ދުވަސްތަކުގައި މުސާރަ ދެވޭކަން ކަށަވަރުކުރުން.

11- އޮފީހަށް ބޭނުންވާ އިންޓަރނެޓް، ޓެލެފޯން، ފެކްސް، ކަރަންޓް، ސެކިއުރިޓީ އަދި ފެނުގެ ބިލްތައް ޖޫރިމަނާ ވުމުގެ ކުރިން އަދާކޮށް ނިންމުން.

12- އޮފީހަށްލިބޭ ބިލްތަކުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

13- ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މާލިއްޔަތު ޤަވާއިދާއި ޤާނޫނުތަކާއި އަދި ކަމާއިގުޅޭ އިދާރާތަކުގެ ސާކިއުލަރ ތަކާއި އެއްގޮތަށް އަމަލުކުރުން.

14- ތިޖޫރީ ބެލެހެއްޓުމާއި އަދި ތިޖޫރީ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލްތަކުގެ މަތީން ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން.

15- ޕޮލިޓެކްނިކްގެ އިންކަމް ރިޕޯޓްތައް ބެލެހެއްޓުމާއި އަދި މިރިޕޯޓްތައް ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަށް ފޮނުވުން.

16- އޮފީހަށް ބޭނުންވާ ޕެޓީކޭޝް ހޯދުމަށް ރިކުއެސްޓް ކޮށް ޕެޓީ ކޭޝް ޚަރަދު ކުރުމުގެ އިންތިޒާމްތައް މާލިއްޔަތު ޤަވާއިދާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.

17- އޮފީހުގެ ބޭނުމަށް ކުރެވޭ ރަސްމީ ދަތުރުތަކުގެ ރިޕޯޓްތައް ޤަވާއިދުން ބަލަހައްޓަމުން ގެންދިއުން.

18- މުސާރަދިނުމާއި ޕެންޝަނާއި ގުޅުންހުރި މަސައްކަތްތައް ފުރިހަމަކުރުން.

19- އެކި އެކި އިދާރާތަކަށް ފޮނުވާ ބަޖެޓް ރިޕޯރޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ދުވަހަށް ރިޕޯރޓްތައް ހުށަހެޅުން.

20- އޮފީސް ހުޅުވާ ލެއްޕުމާއި އޮފީހުގެ ޑިއުޓީއެއް އަދާކުރަންޖެހިއްޖެނަމަ، އެކަން ބަރާބަރަށް ފުރިހަމަ ކުރުން.

21- ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

 

ޝަރުތު:                                                 

  1. ފައިނޭންސް/ބިޒްނަސް/އެކައުންޓިން/އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 18 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއުއާއި ޕްރެކްޓިކަލް:

މި މަޤާމުގެ އިންޓަވިއު އާއި ޕްރެކްޓިކަލް، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ 3305401 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

10 ސެޕްޓެންބަރު 2017
ހޯދާ