މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ ޒޯން ލައިސަންސް ދޫކުރުމަށް އެގްޒެމިނަރ އެއް ހޯދުމަށް

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: IUL)301-PN/301/2017/43)

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

 

ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެގްޒެމިނަރެއް ބޭނުންވެއްޖެ.

 

މިރަށުގައި ސީ ޒޯންލައިސަންސްގެ ޚިދުމަތް ދިނުމަށްޓަކައި ސީ ޒޯން ލައިސަންސްގެ އެގްޒެމިނަރެއް ބޭނުންވެގެން ކުރި ނަންބަރު: (IUL)301-PN/301/2017/39 (23-08-2017) އިޢްލާނުގެ މުއްދަތު ހަމަވިއިރު، އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެގްޒެމިނަރ އެއް ހޯދުމަށް 02 ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ. އެގްޒެމިނަރ ކަމަށް ޝަޢްޤްވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

 

ޝަރުޠު:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް އޮތުން.
  • އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.
  • ރަށުގައި ޢާއްމުކޮށް ދިރިއުޅޭ ފަރާތަކަށްވުން.

އެލަވަންސް:

  • ޓެސްޓްގައި ދުއްވާ ކޮންމެ ވެހިކަލަކަށް 20 ރ. (ވިހި ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ގޮތާއި ގަޑި:

  • ދުއްވުމުގެ ޓެސްޓް އޮންނަ ވަގުތު ( ޓެސްޓް އޮންނަ ދުވަސްތަކާއި ގަޑިތައް ކައުންސިލް އިން ކަނޑަ އެޅުމަށްފަހު، އެގްޒަމިނަރަށް އަންގާނެއެވެ.)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ލިބިފައިވާ ލައިސަންސްގެ ކޮޕީ
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް
  • އައި.ޑީ.ކާރޑް ކޮޕީ
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖްރިބާގެ ލިޔުން ( އަދާކުރި ވަޒީފާ ނުވަތަ ކުރި މަސައްކަތް، އުޅުނު ދާއިރާ )
  • ވަނަވަރު

 

އެގްޒެމިނަރ ކަނޑައެޅުމުގައި ބަލާނެ މިންގަނޑު:

  • ގިނަ ކެޓެގަރީތައް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  • ޢާއްމުގޮތެއްގައި  ރަށުގައި ހުންނަ ފަރާތަކަށްވުން.
  • މިކަމުގެ ތަޖްރިބާ ލިބިފައިވުން.

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

10 ސެޕްޓެންބަރު 2017
ހޯދާ