މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތަށް އެދުމުގެ މުއްދަތު އިތުރުކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސްރީލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކުރައްވާފައިވާ، އައްޑޫސިޓީ ހުޅުދޫ-މީދޫގައި ނަރުދަމާގެ ނިޒާމްގެ ޤާއިމްކުރުމުގެ  މަޝްރޫޢުގެ ދަށުން ހިލޭ  ނަރުދާމާގެ ޚިދުމަތް ގުޅުމަށް އެދޭ  ފަރާތްތަކަށް  މި ޚިދުމަތަށް  އެދި ފޯމް  ހުށަހެޅުމުގެ  ފުރުޞަތު  ހުޅުވާލުމަށް  ކުރެވުނު ނަންބަރު (IUL)138-LDS3/1/2017/48 (05 ޖުލައި 2017) އިޢުލާނުގެ މުއްދަތު ހަމަވިއިރު ބައެއް ގޭބިސީތަކަށް ފޯމް ހުށަހެޅިފައިނުވާތީ، އެ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.

ފޯމް ލިބިލައްވާނީ

ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ފޯމް ހުށަހަޅުއްވަންޖެހޭ ތަން

ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ފޯމް ހުށަހަޅުއްވަންޖެހޭ ސުންގަޑި

31 އޮކްޓޫބަރު 2017 ، އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

10 ސެޕްޓެންބަރު 2017
ހޯދާ