ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ތިންވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތް 2017

                               

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                                  ނަންބަރު:FAM/IUL/2017/023

އިއުލާން

                             16 އޮކްޓޯބަރ 2017 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ، 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެމްބަރު ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، 28 ސެޕްޓެމްބަރ 2017 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. 

މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 09:00 އިން ހަވީރު 16:00 އަށް މިއެސޯސިއޭޝަނުން ލިބެންހުންނާނެއެވެ.

 

                              07 ސެޕްޓެމްބަރ 2017     

07 ސެޕްޓެންބަރު 2017
ހޯދާ