ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ޅޮހީ ސިއްހީމަރުކަޒުގެ ރިސެޕްޝަނިސްޓް ވަޒީފާއަށް މުވައްޒަފަކު ހޯދުން

މަޤާމް :ރިސެޕްޝަނިސްޓް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

      މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ.ޅޮހީ ސިއްހީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް: ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް:  ޖީއެސް3

މަޤާމުގެ ކުލިސިފިކޭޝަން: އޮފިސަރ ގްރޭޑް1

ޑިވިޜަން/ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމު އޮތް އޮފީސް:  ނ.ޅޮހީ ސިއްހީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭތަން: ނ.ޅޮހީ ސިއްހީމަރުކަޒު

މުސާރަ: -/4465 ރުފިޔާ

ސަރިވަސް އެލަވަންސް: -/1500 ރުފިޔާ

އިތުރު އިނާޔަތްތައް

1 ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3 ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ

4 ސިވިލްސަރވިސްގެ ޤަވާއިދުގެމަތީން މަސައްކަތުނުކުންނަ ކޮންމެދުވަހަކަށް ހަމަޖެހިފައި އޮންނައުސޫލުން ރިސްކްއެލަވަންސް

5 ބަންދު ދުވަހުގައި މަސައްކަތްކުރަންޖެހިއްޖެނަމަ ބަންދު ދުވަހުގެ ފައިސާ

6 ޑިއުޓީ އުސޫލުން މަސައްކަތްކުރާނަމަ ޑިއުޓީ އެލަވަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 ޑޮކްޓަރަށް ދެއްކުމަށް އަންނަބަލިމީހުން ރަޖިސްޓްރީކުރުން

2 ޑޮކްޓަރަށް ދެއްކުމަށް ސިއްހީމަރުކަޒަށް އަންނަ ބަލިމީހުންނަށް ޤަވާއިދުން ނަންބަރުދޫކުރުން

3 ބަލިމީހުންގެ ފަރާތުން ސިއްހީމަރުކަޒުގެ އޮފީހުންބޭނުންވާ މައުލޫމާތާއި ރިޕޯޓްތައް ބެލެހެއްޓުން

4 ތަރުޖަމާކުރަންޖެހޭ ހާލަތްތަކުގައި ތަރުޖަމާކުރުން

5 ސިއްހީމަރުކަޒަށް އަންނަ މީހުންނަށް ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުން

6 މަންތުލީ އޭއެންސީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ޕަބްލިކްހެލްތްޔުނިޓަށްފޮނުވައި ދިނުން

7 ޑެއިލީ ސަވައިލަންސް ރިޕޮޓްގައި ކޮމިއުނިކަބަލް ޑިސީސް ނޯޓިފައިން ކޭސްއެއްވާނަމަ އެކަން ޕަބްލިކްހެލްތްގެ މުވައްޒަފުންނަށްއެންގުން

8 ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެންކަންކަމަށް ނަގަންޖެހޭ ފައިސާނެގުމާއި،އާސަންދައިގެ ޕޭޝެންޓެއްނަމަ ޓްރާންސެކްޝަންހެދުން

9 އާސަންދައިގެ ބިލްތައް ތައްޔާރުކުރުން

10 ޕޭޝެންޓެއް ރިފަކުރާނަމަ އެކަމަށް ކުރަންޖެހޭ މަސައްކަތްކުރުން

11 މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން

މަޤާމުގެ ޝަރުޠު:

1 ޖާނަލިޒަމް،ޕަބްލިކްރިލޭޝަން،ފޮރިން ރިލޭޝަން،އިންފޮމޭޝަން މެނޭޖްމެންޓް،މާކެޓިންގ މެނޭޖްމެންޓް،ބިޒްނަސް މެނޭޖްމެންޓް،ބިޒްނަސް

އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު

ޖާނަލިޒަމް،ޕަބްލިކްރިލޭޝަން،ފޮރިން ރިލޭޝަން ، އިންފޮމޭޝަންމެނޭޖްމެންޓް،މާކެޓިންމެނޭޖްމެންޓް،ބިޒްނަސްމެނޭޖްމެންޓް،ބިޒުނަސް

އެޑްމިނިސްޓްރޭޝަންގެދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ

2 ސާނަވީ އިންތުހާނަކުން 2 މާއްދާއިން ދައްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި

ދިވެހި މިމާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބެލެވޭނެކަންތައްތައް

1 ހާސިލްކޮށްފައިވާ ތައުލީމާއި ރަމްރީނަށް ބަލައިގެން

2 މަސައްކަތުގެ ދއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

3 ޤާބިލުކން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

1 ފުރިހަމަކުރައްވފައިވާ ވަޒީފާއަށް އެދޭފޯމް

2 ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު(ގުޅޭ ފޯންނަންބަރާއި،އީ މެއިލް އެޑްރެސް ހިމެނޭގޮތަށް)

3 ވަޒިފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެލިޔުންތައްފެންނަ އަދި ލިޔެފއިވާ ލިޔުންތައްކިޔަން

އެނގޭފަދަކޮޕީއެއް

4 ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން

ވީއްލުމާމެދު އުއތިރާޟެއްނެތްކަމަށް ވަޒީފާ އަދާކުރާއޮފީހުން ދޫކުރާލިޔުން

5 ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން ފެންވަރުބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ

ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވާފައިވާސެޓްފިކެޓްތަކާއި،ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެފެންވަރު

ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ފެންވަރުބައްލަވާފައިވާ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލު

ކުރެއްވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީނުވަތަ

ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީ

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6 ފުރހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި،ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7 ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްއެދޭ އިނމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން

ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

8 މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސްއިން ބޭރުވަޒީފާއެއް އަދާކޮށްފައިވާނަމަ އެވަޒިފާއެއް އަދާކުރި މުއްދަތާއި،ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ

ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،

ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި: ވަޒީފާއަށް އެދޭފޯމް ޅޮހީ ސިއްހީމަރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ

18 ސެޕްޓޭމްބަރ 2017 ވާހޯމަދުވަހުގެ 12.00 ގެކުރިން ނ.ޅޮހީ ސިއްހީމަރުކަޒަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާލިޔުންތައް

ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި،ތަން: މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަރވިއު އޮންނާނީ 19 ސެޕްތޭމްބަރ 2017 އިން 28 ސެޕްތޭމްބަރ 2017

އާއި ދެމެދު ނ.ޅޮހީ ސިއްހީމަރުކަޒުގައެވެ.

ޝޯޓްލިސްޓްކުރުން: މިވަޒީފާއަށްއެދި ހުށަހަޅާޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތައުލީމީ ފެންވަރާއި،ތަޖުރިބާއަށް ބަލާފައި

ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މައުލޫމާތު: މައުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560610 ނުވަތަ 6560037 ނަންބަރު ފޯނާއެވެ.

07 ސެޕްޓޭމްބަރ 2017

 

 

 

 

07 ސެޕްޓެންބަރު 2017
ހޯދާ