މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ރަސްރަނި ބަގީޗާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ "މައިޒާން ތަކާއި ޕާކްތަކާއި ބީޗް ފަދަ ތަންތަނުގައި އެކި އެކި ހަރަކާތްތައް ބޭއްވުމަށް ކުއްޔަށް ދިނުމާއި ބެހޭ އުސޫލު" ގެދަށުން ރަސްމީކޮށް ހުޅުވިފައި ހުންނާނެ ގަޑިތަކާއި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ޓިކެޓްގެ އަގުތައް ތިރީގައި ދެންނެވިފައި އެވަނީއެވެ.

 

ޕާކް ހުޅުވިފައި ހުންނަ ގަޑިތައް

 

އާދިއްތަ

  • ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް

 

ހޯމަ- ބުރާސްފަތި

  • ހެނދުނު 9.00 އިން ރޭގަނޑު 23:00 އަށް

 

ހަފްތާ ބަންދު އަދި ރަސްމީ ބަންދު ދުވަސްތައް

 

  • ހެނދުނު 6:00 އިން ރޭގަނޑު 0:00 އަށް

މީގެއިތުރުން ކޮންމެ ދުވަހަކު އިރުއޮއްސި 18:00އިން ފެށިގެން ރޭގަނޑު20:00  އަށް، އަދި ހުކުރު ދުވަހު ހެނދުނު 11.00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ޕާކު ބަންދުވާނެއެވެ.

 

ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ޓިކެޓްގެ އަގުތައް

  • ދިވެހިންނަށް: ހިލޭ
  • ބިދޭސީންނަށް (18 އަހަރުން މަތީގެ ބޮޑެތި މީހުންނަށް):

-/75ރ (ބަންދު ނޫން ދުވަސްތަކުގައި، ކޮންމެ ދުވަހަކު ހެނދުނު 9.00 އިން ރޭގަނޑު 10.00 އަށް)

-/75ރ (ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި، ކޮންމެ ދުވަހަކު ހެނދުނު 6.00 އިން ހަވީރު 16:00 އަށް)

-/100ރ (ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 23:00އަށް)

  • ބިދޭސީންނަށް (18 އަހަރު ނުފުރޭ ކުޑަކުދިންނަށް) : ހިލޭ

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

07 ސެޕްޓެންބަރު 2017
ހޯދާ