ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:(IUL)412/412/2017/15
ކައުންސިލަށް ލަފާދޭ ކޮމެޓީ އެކުލަވާލުމާއި ބެހޭ:
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީ ވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ހެދުމަށް ތިރީގައި މިވާ ދާއިރާތަކުން މީހުން ހިމަނައިގެން ކައުންސިލަށް ލަފާދޭ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ،
މެމްބަރުން ބޭނުންވާ ދާއިރާތަށް:
- ޢާންމު ރައްޔިތުންގެ ތެރެއިން ކަނޑައަޅާ މެމްބަރ
- އަންހެނުންގެ ތެރެއިން ކަނޑައަޅާ މެމްބަރ
- ޖުލަބު ޖަމްއިއްޔާ ޖަމާއަތްތަކުގެ މެމްބަރުންގެ ތެރެއިން ތެރެއިން ކަނޑައަޅާ މެމްބަރ
ވީމާ، ކައުންސިލަށް ލަފާދޭ ކޮމިޓީގެ އެކުލަވާލުމަށް ބަޔާންކޮށްފައިވާ ދާއިރާތަކުގެ މެމްބަރު ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.
16 ޛުލްހިއްޖާ 1438
07 ސެޕްޓެމްބަރ 2017