މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ނޫރުގެ ކާޕެޓްގައި ބޯޑަރ އެޅުން

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: IUL)301-PN/301/2017/41)

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

ރ.އަނގޮޅިތީމު މަސްޖިދުއް ނޫރު ގައި އަޅާފައިވާ ކާޕެޓްގެ ވަށާ ބޯޑަރ އެޅުން:

 

ރ.އަނގޮޅިތީމު މަސްޖިދުލް ނޫރުގައި އަޅާފައިވާ ކާޕެޓްގެ ވަށައިގެން ލަކުޑި ބޯޑަރ އެޅުމަށް ބޭނުންވެއްޖެއެވެ. ކޮންޓެކްޓް އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 13 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުގެ 1:30 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ  19 ސެޕްޓެމްބަރ  2017 ވާ އަންގާރަ ދުވަހުގެ 1:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރެއްވިއިރު މިފަދަ މަސައްކަތް ކުރެވޭނެ ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ މިންގަނޑު:

މަސައްކަތުގެ އަގު: % 85

މަސައްކަތުގެ ތަޖްރިބާ : % 5

މަސައްކަތުގެ މުއްދަތު: % 10

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

07 ސެޕްޓެންބަރު 2017
ހޯދާ