ދިވެހިރާއްޖެ
މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
ދިއްފުށި،
ދިވެހިރާއްޖެ.
ނަންބަރު: H-3-C/2017/02
އިޢުލާން
ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
މިކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި މި ކޯޓުން ކޮށްފައިވާ މި ކޯޓުގެ ނަންބަރު H-3-C/2017/01 ( 06 ޖުލައި 2017 ) އިޢުލާނާއި ގުޅިގެން އަގުހުށަޅާފައިވަނީ 02 ( ދެއެއް ) ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލުން ހުށަހެޅުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2017 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 14 ސެޕްޓެމްބަރ 2017
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
15 ޛުލްޙިއްޖަ 1438
06 ސެޕްޓެމްބަރ 2017