ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒަށް 6 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

 

ނަންބަރ: (IUL)GS-02/GS-02/2017/31

ބީލަން ހުށައެޅުމުގެ ދަޢުވަތު

            މިމަރުކަޒަށް 6 ކޮމްޕިއުޓަރ ސިސްޓަމް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނު ނަމްބަރ: (IUL)GS-02/GS-02/2017/30އާއި ގުޅިގެން އަންދާސީހިސާބު ހުށައަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް އިޢުލާން ކުރީމެވެ.

ވީމާ މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް 6 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު، 2017 ސެޕްޓެމްބަރ 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

                    މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528817 ނަންބަރު ފޯނަށެވެ.

                  15 ޛުލްޙިއްޖާ 1438

                  6 ސެޕްޓެމްބަރ 2017

06 ސެޕްޓެންބަރު 2017
ހޯދާ