ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)TAH-A/TAH/2017/3
އިޢުލާން
މަޤާމް : އެންރޯލްޑް ނާރސް
މަޤާމްގެ ނަންބަރު: J-274221
ބޭނުންވާ އަދަދު : 01
މަޤާމްގެ ގިންތި : ދާއިމީ
މަޤާމްގެ ރޭންކް : ޖީ.އެސް 4
މަޤާމްގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގރ 2
ސެކްޝަން : ނާރސަސް
މަޤާމް އޮތް އޮފީސް : ތ. ތިމަރަފުށީ ޞިއްޙީމަރުކަޒު
ވަޒީފާ އަދާކުރަން ޖެހޭ ތަން : ތ. ތިމަރަފުށީ ޞިއްޙީމަރުކަޒު
މުސާރަ : 5020.00 ރުފިޔާ
ސަރވިސް އެލެވަންސް : 2500.00 ރުފިޔާ
އިތުރު ޢިނާޔަތްތައް : 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
4. މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ އަދަދަށް ރިސްކް އެލަވަންސް
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:
|
|
މަޤާމްމުގެ ޝަރުތުތަޢް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނޯޓް: ލިޔުންތައް ހުށަހަޅާއިރު، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރޭޝަންގެ ކޮޕީއާއި، ހަމަ އެކައުންސިލުން ދޫކޮށްފައިވާ މުއްދަތު ޕްރެކްޓިސިން ލައިސަންސް ހުށަހެޅުއްވުން އެދެމެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ތ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް www.csc.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމްބަރ 2017ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު : |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 ސެޕްޓެމްބަރ 2017އާއި 30ސެޕްޓެމްބަރ 2017އާ އާދެމެދު ތާރީޚެއްގައި ތ.އަތޮޅު ހޮސްޕިޓަލްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިއްބެވުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން : |
މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ. |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާ ފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
%30 (ތިރީސް އިންސައްތަ) |
އިތުރު މަޢުލޫމާތު ހޯދުން: |
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780058 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6780582 އެވެ. |
14 ޛުލްހިއްޖާ 1438ހ
05 ސެޕްޓެމްބަރ 2017މ
އަޙްމަދު ޒަކީ
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ