ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލް
ހިތަދޫ، އައްޑޫ
އިސްލާހު ކުރެވިފައި
ތާރީޚް: 29 އޮގަސްޓް 2017 ނަންބަރ: 2017/24/GS43-A
ވަޒީފާގެ ފުރުޞަތު
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-208229 |
ބޭނުންވާ ޢަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ. އެސް .3 |
ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އިދާރީ |
މަސައްކަތް ކުރަންޖެހޭ އޮފީސް: |
ޝަރަފުއްދީން ސްކޫލް އޮފީސް / ސ. ހިތަދޫ |
މުސާރަ: |
-/4465 |
ސަރވިސް އެލެވަންސް: |
-/1500 |
އިތުރު ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޝަރަފުއްދީން ސްކޫލަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން 2- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާން ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން. 3 ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ވަޒީފާ ބަޔާނުގައި ކަޑައެޅިފައިވާ މަސައްކަތުގެ އިތުރުން ޙަވާލުކުރެވޭ ޒިންމާތައް މުވައްޒަފުންނާއި ޙަވާލުކޮށް މަސައްކަތް ހިންގާނެގޮތް ރޭވުން. 4- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ އޮނިގަޑާއި މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން. 5- މުވައްޒަފުނަށް އޮރިއެންޓޭޝަން/އިންޑަކްޝަން ، ޕްރޮގްރާމް/ޓްރޭނިންގ، ޕްރޮގްރާމް ހިންގުން. 6- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ޓްރޭނިންގ ރިކްއަރމަންޓް ތައްޔާރުކޮށް ޓްރޭނިންގ ބަޖެޓް ހަދާ ޓްރޭނިންގތައް ހިންގާނެގޮތް ހަމަޖެއްސުން. 7- ޝަރަފުއްދީން ސްކޫލުގެ ސްޕަވައިޒަރުންނާއި ގުޅިގެން މުވައްޒަފުންގެ ވީވް ޕްލޭން ތައްޔާރުކުރުވާ ތަންފީޒް ކުރުވުން. 8- ޝަރަފުއްދީން ސްކޫލްގައި މަސައްކަތްކުރާ ކޮންޓްރެކްޓްކޮށް މުވައްޒަފުންގެ ކަންކަން ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން. 9- ޝަރަފުއްދީން ސްކޫލުގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން. 10- ޝަރަފުއްދީން ސްކޫލްގައި ވޮލަންޓިއަރކޮށް މަސައްކަތްކުރާ ފަރާތްތަކަށް ހަދަންޖެހޭ އެއްބަސްވުން ހަދާ މަސައްކަތް ޙަވާލުކުރެވޭނެ ގޮތް އިންތިޒާމްކޮށް ހިންގުން. 11- ޝަރަފުއްދީން މުވައްޒަފުން އެކިއެކި ކަންކަމުގައި ޢަމަލުކުރަންޖެހޭ ޕޮލިސީތައް މެނޭޖްމެންޓްގެ ލަފަޔާއެކު ހެދުން. 12- ޝަރަފުއްދީން މުވައްޒަފުނަށް ސިވިލް ސަރވިސްގެ ޤަވާޢިދު ހިންގާ މުވައްޒަފުންގެ މައްޗަށް ޤަވާޢިދު ތަންފީޒް ކުރުން. 13- ޝަރަފުއްދީން މުވައްޒަފުންގެ މަސައްކަތުގެ ފެނވަރު ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކު މުވައްޒަފުންގެ މަސައްކަތާއިގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުއެޅުން. 14- މުވައްޒަފުންގެ ޙާޟިރީއާއި މުސާރައާއި އެލަވަންސްގެ ކަންކަން ޤަވާޢިދު އެއްގޮތަށް ހިންގުން. 15- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގުޅުން ދެމެހެއްޓުމަށްޓަކައި ޕްރޮގްރާމްތައް ރާވާ ހިންގުން.
|
މަޤާމުގެ ޝަރުޠުތައް:
|
1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދުބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭފޯމް މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ޝަރުޠު ހަމަވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2017ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއިއެކު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެމުއްދަތުގައި އިންޓަވިއުއަށް ޙާސިރުވުމަށް ތައްޔާރުވެ ތިބުމަށް އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 |
އިތުރު މަޢުލޫމާތު ހޯދުމަށް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6887030 ނަންބަރު ފޯނާއެވެ. |
29 އޮގަސްޓް 2017